logo
ޚަބަރު

އެމްޕީއެލްއިން މިދިޔަ ހަފްތާގެ ތެރޭގައި 1500 އަށް ވުރެން ގިން ކޮންޓެއިނާ ހުސްކޮށްފި

ނުހާ އަޙްމަދު
18 އޯގަސްޓު 2025 - 07:02
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި
ދިވެހި މަސައްކަތްތެރިން އެމްޕީއެލް ސަރަހައްދުގައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްއިން) މިދިޔަ ހަފްތާގެ ތެރޭގައި 1509 ކޮޓެއިނާގެ މުދާ ހުސްކޮށްފިއެވެ.

އެމްޕީއެލްގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި، މިދިޔަ ހަފްތާގެ ތެރޭގައި ހުސް ކުރެވުނު މުދަލުގެ ތެރޭގައި 20 ފޫޓުގެ 597 ކޮންޓެއިނަރާއި، 40 ފޫޓުގެ 456 ކޮންޓެއިނަރުގެ ހިމެނެއެވެ. އަދި ކާގޯ އޮޕަރޭޝަންތަކުގައި 4 ކޮންޓެއިނާ އުޅަނދާއި 4 ޖެނެރަލް ކާގޯ އުޅަނދު ހިމެނޭ ކަމަށް ވެސް އެމްޕީއެލް ގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަވަހަށް ހަލާކުވާ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރޭގައި އެންމެ ގިނައިން މިދިޔަ ހަފްތާގައި ހުސް ކުރެވިފައިވަނީ ބިސް ކަމަށާއި، އެގޮތުން 14،510 ޕެކޭޖުގެ ބިސް ހުސްކޮށްފައިވާ ކަމަށް އެމްޕީއެލްއިން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 14،640 ޕެކޭޖުގެ ފިޔާ، 6،660 ޕެކޭޖުގެ ކަރާ، 4،898 ޕެކޭޖުގެ އަލުވި، 3،204 ޕެކޭޖު ޓޮމާޓޯ، 2،648 ޕެކޭޖުގެ އަލަނާސި، 2،729 ޕެކޭޖުގެ ކެބެޖް، 2،555 ޕެކޭޖުގެ ދޮންކެޔޮ، 1،243 ޕެކޭޖުގެ ބަރަބޯ އަދި 1،227 ޕެކޭޖުގެ ފޮނި ކެކުރި ޖެނެރަލް ކާގޯގެ ގޮތުގައި ހުސްކުރެވިފައިވާ ކަމަށް ވެސް އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެމްޕީއެލްގެ ތަފާސް ހިސާބުތަކުން ދައްކުވައިދެނީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން އަސާސީ ބޭނުންތަކުގެ ތަކެތި ފޯރުކޮށް ދިނުމުގައި އެ ކުންފުނީގެ ބަނދަރުން އަދާ ކުރާ އިސް ދައުރާއި، ހިދުމަތުގެ ފެންވަރެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޅުދުއްފުށީ ޕޯޓުގެ ހިދުމަތްތައް ފުޅާކުރުމަށް އެމްޕީއެލްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ޚަބަރު | 8 ދުވަސް ކުރިންފެރީގެ ހިދުމަތް ނުހުއްޓިދިނުމަށް އެމްޕީއެލުން 2 ސަރަޙައްދެއް ހަމަޖައްސައިފި ޚަބަރު | 13 ދުވަސް ކުރިންއެމްޕީއެލްއިން މިދިޔަ ހަފްތާގެ ތެރޭގައި 1500 އަށް ވުރެން ގިން ކޮންޓެއިނާ ހުސްކޮށްފިޚަބަރު | 16 ދުވަސް ކުރިންއެމްޕީއެލް އިން މަސްވެރިންނާ ބައްދަލުކޮށްފި ޚަބަރު | މަހެއް ކުރިން