logo
Bank of Maldives

Bank of Maldives

ޚަބަރު

ތިން ރަށެއްގެ ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ނުހާ އަޙްމަދު
7 އޯގަސްޓު 2025 - 17:42
ތިން ރަށެއްގެ ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ބ. އަތޮޅުގެ ތިން ރަށެއްގެ ސިއްހީމަރުކަޒު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެގޮތުން ސޮއި ކޮށްފައިވަނީ ، ބ. ދޮންފަނު، ބ. މާޅޮސް، އަދި ބ.ހިތާދޫ ސިއްހީމަރުކަޒު ޕްގްރޭޑްކުރުމުގެ އެއްބަސް ވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އެއްބަސްވުން ތަކުގައި، ސޮއިކޮށްފައިވަނީ، މިނިސްޓްރީގެ ފަރާތުން، މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު، އިސްމާއިލް އަބްދުﷲ އަދި ހަވާލުކުރެއްވި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އާރިފްއެވެ. އަދި މި އެއްބަސްވުން ތަކުގައި ސޮއިކުރެއްވި އިރު، އަރިހުގައި ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ސިރުހާން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

DHONFANU-1754586348744.webp

 

ބ. ދޮންފަނުގެ ސިއްހީމަރުކަޒު ޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، 545 ދުވަހުގެ ތެރޭގައި ނިންމުމަށް 12.1 މިލިއަން ރުފިޔާގެ އަގަށެވެ.

މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.

ބ. މާޅޮހުގެ ސިއްހީމަރުކަޒު ޕްގްރޭޑްކުރުމުގެ މަސައްކަތް ހަވާލު ކޮށްފައިވަނީ، 545 ދުވަހުގެ ތެރޭގައި ނިންމުމަށް 12.1 މިލިއަން ރުފިޔާގެ އަގަށެވެ.

މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެންދާނެއެވެ.

ބ.ހިތާދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތްކުރުމަށް ހަވާ؛ލު ކޮށްފައިވަނީ، 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 33.7 މިލިއަން ރުފިޔާގެ އަގަށެވެ.

މިޕްރޮޖެޓްގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯރ ރޫމް އިތުރުކުރެވިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްގަރުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން5 ރަށެއްގައި ސިއްހީ މަރުކަޒުތައް އަޅަން ވެމްކޯ އަދި އެމްޓީސީސީއާ ހަވާލުކޮށްފި ޚަބަރު | 2 ދުވަސް ކުރިންފުލިދޫ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އެޅުމާ، ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ފަށައިފިޚަބަރު | 4 ދުވަސް ކުރިން ހއ.އަތޮޅު ހޮސްޕިޓަލުން ސްޕީޗް ތެރަޕީގެ ޚިދުމަތްދޭން ފަށައިފި ޚަބަރު | 19 ދުވަސް ކުރިން