logo
Bank of Maldives

Bank of Maldives

ރިޕޯޓް

ބޯ ހަމަޖައްސާލަން ބޭނުން ކޮއްލާ އެންމެ ފަހަރަކުން މުޅިދިރިއުޅުން ހަލާކުގެ ތެރެއަށް

ނުހާ އަޙްމަދު
8 އޯގަސްޓު 2025 - 06:56
ބޯ ހަމަޖައްސާލަން ބޭނުން ކޮއްލާ އެންމެ ފަހަރަކުން މުޅިދިރިއުޅުން ހަލާކުގެ ތެރެއަށް

މިއަދުގެ މުޖުތަމައުގައި އެންމެ ބޮޑު އެއް މައްސަލައަކީ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި، އެކަމުގެ ސަބަބުން އެތައް އާއިލާތަކެއް ރޫޅިގެންދާ މައްސަލައެވެ. އެގޮތުން ގިނަ ފަހަރަށް މި ހިތާމަވެރި ދަތުރު ފެށިގެން އަންނަނީ އެންމެ ފަހަރަކު "ބޯ ހަމަޖައްސާލުމުގެ" ނިޔަތުގައި ކުރެވޭ ކަމަކުންނެވެ.

ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވަންނަން މެދުވެރިވާ އެންމެ މުހިންމު ސަބަބުތަކުގެ ތެރޭގައި އާއިލީ މައްސަލަތައް ހިމެނެއެވެ. އެގޮތުން މައިންބަފައިންގެ އަޅާލުމާ ލޯބި ނުލިބި، ގޭތެރޭގައި އަބަދުމެ ހިނގާ އަރާރުންތަކާއި ޒުވާބުތަކުގެ ސަބަބުން ޒުވާނުން ހިތްހަމަނުޖެހުމުގެ ތެރެއަށް ވެއްޓެއެވެ. މިފަދަ ހާލަތްތަކުގައި ގޭން ބޭރުގައި ހޭދަކުރާ ވަގުތު އިތުރުވެ، ނުބައި ރަހުމަތްތެރިންގެ ނުފޫޒުގެ ދަށަށް ވަދެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގިނަ ފަހަރަށް މަސްތުވާތަކެތީގެ ތެރެއަށް ވަދެވެނީ ވަގުތީ ގޮތުން ހިތްހަމަޖެހުމެއް ހޯދުމުގެ ނިޔަތުގައެވެ. ނަމަވެސް، އެންމެ ފަހަރަކު ވެސް މި ވިހަ ތަކެތި ބޭނުންކޮށްލުމުން، އޭގެ ނުރައްކާތެރި ވަބާގައި ޖެހި، އަމިއްލަ އިހްތިޔާރު ގެއްލި، މުޅި ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެންދެއެވެ. މިއީ ހަމައެކަނި އެ ޒުވާނެއްގެ ދިރިއުޅުން އެކަޏެއްނޫނެވެ. މުޅި އާއިލާގެ ހަޔާތް ވެސް އެ ކަމުގެ ސަބަބުން ބަދަލުވެގެންދެއެވެ.

ވަޒީފާ ނުލިބުމާއި، މާލީ ދަތިކަމާއި، ކައިވެނީގެ ދިރިއުޅުމުގައި ދިމާވާ މައްސަލަތަކަކީ ވެސް ޒުވާނުން މަސްތުވާތަކެތީގެ ތެރެއަށް ވަނުމަށް މަގުފަހިކޮށްދޭ ކަންކަމެވެ. މި ފަދަ ދަތި އުނދަގޫ ހާލަތްތަކުގައި، ވަގުތީ ހައްލެއްގެ ގޮތުން ފެންނަ މަސްތުވާތަކެތި، ފަހުން ދާއިމީ މައްސަލައަކަށް ބަދަލުވެގެންދެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ބައެއް ޒުވާނުން ކުރާ މަސައްކަތަކީ ވެސް ފަހުރުވެރިވާންޖެހޭ ކަމެކެވެ. ނަމަވެސް، މިއީ ވަރަށް އުނދަގޫ މަސައްކަތެކެވެ. ގިނަ ފަހަރަށް އަމިއްލަ ބާރުގެ ދަށުން ސަލާމަތްވުމަކީ ދަތިކަމަކަށް ވެއެވެ. މިކަމުގައި އާއިލާގެ އެހީތެރިކަމާއި، ފަރުވާދޭ މަރުކަޒުތަކުގެ އެހީތެރިކަން ކޮންމެހެން ބޭނުންވެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތްކުރުމުގައި މުޖުތަމައުގެ ދައުރު ވަރަށް މުހިންމެވެ. ހޭލުންތެރިކަން އިތުރުކުރުމާއި، ޒުވާނުންނަށް ރަނގަޅު މަގު ދެއްކުމާއި، އެމީހުންގެ ހުނަރުތައް ތަރައްގީކުރުމަށް ފުރުސަތު ހޯދައިދިނުމަކީ މުހިންމު ކަންކަމެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވެސް މުހިންމު ކަމެކެވެ.

އެންމެ ފަހަރަކު ބޭނުންކޮށްލާ މަސްތުވާއެއްޗަކުން މުޅި ދިރިއުޅުން ހަލާކުވެގެން ދިއުމަކީ ހިތާމަވެރި ހަގީގަތެކެވެ. މިކަމުން ސަލާމަތްވުމަށްޓަކައި އަމިއްލަ ނަފްސަށާއި، އާއިލާއަށާއި، މުޖުތަމައަށް އަދާކުރެވެން އޮތް ދައުރު އަދާކުރުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ޒުވާނުން މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހެއެވެ.

އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖްތަމައު ސަލާމަތްކޮށް، މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މިސަރުކާރުގެ ވެސް އެންމެ މުހިންމު އެއް އަމާޒު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ. އެގޮތުން  މަސްތުވާތަކެތީގެ ވިޔަފާރީގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ފަދަ ބޮޑެތި އަދަބުތައް ދެވޭގޮތަށް ގާނޫނުގައި ހިމަނައި، އެ ބިލް އިތުރަށް ދިރާސާކުރުމަށް ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާތަކަށް އެ މަނިކުފާނު ވަނީ އަންގާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގް މައްސަލާގައި މުރައިދޫން ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 11 ދުވަސް ކުރިންއެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރެއްގެ މަސައްކަތް ފަށަނީޚަބަރު | 19 ދުވަސް ކުރިންމަސްތުވާތަކެތީގެ މައްސަލައެއްގައި ނައިފަރުން ތިން މީހުން ހައްޔަރުކޮށްފިޚަބަރު | 21 ދުވަސް ކުރިންކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިން