logo
Bank of Maldives

Bank of Maldives

ޚަބަރު

ފުނަދޫއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރަށް

އަޙްމަދު ޒަލީފް
20 އޯގަސްޓު 2025 - 11:09
ފުނަދޫއަށް މަސްތުވާތަކެތި އެތެރެ ކުރި މީހަކު ހައްޔަރަށް

މާލެއިން ފުރައިގެން ށ. ފުނަދޫއަށް ދަތުރުކުރަމުންދިޔަ ލޯންޗަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ށ. ފުނަދޫ / ފުނަމާގެ، ޙަސަން ޝިނާން (20އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ، މި އޮގަސްޓު މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި، ފުނަދޫ ބަނދަރުމަތިންނެވެ. އޭނާ ހައްޔަރުކޮށް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 15 ސެލޯފިންކޮޅު ފެނިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އޮޕަރޭޝަން ހިންގާފައިވަނީ ފުނަދޫ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން ޙަސަން ޝިނާންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުުމުން 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެތައް އަހަރެއް ފަހުން ކުޅުނު ފުނަދޫ އާއި ކެނދިކުޅުދޫގެ މަންޑި މެޗު ދިވެހި ސަގާފީ ކުޅިވަރުގެ ތާރީޚުގެ ތެރެއަށްޚަބަރު | 3 ގަޑިއިރު ކުރިންޑްރަގް ޓްރެފިކްކުރާ މައްސަލައެއްގައި ހިޔާ ފްލެޓަކުން 22 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 13 ދުވަސް ކުރިންކުރިއަރ ސާވިސް މެދުވެރިކޮށް ޑްރަގް އެތެރެކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | 2 މަސް ކުރިންމަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު، ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށައިފިޚަބަރު | 3 މަސް ކުރިން