logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ލައްކައެއްހާ ރުފިޔާ އާއި ކިލޯއެއްހާ ޑްރަގާއެކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޯގަސްޓު 2025 - 10:39
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު ޑްރަގް ވިޔަފާރީގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ އިދާރާގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހުގެ 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޮތުން ހައްޔަރުކޮށްފައި ވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް ކަމަށް ފުލުހުން ބުންޏެވެ. އަދި މިއީ މަސްތުވާތަކެތި ގެންގުޅެ އެތަކެތި ވިއްކާ ވިޔަފާރިކުރާކަމަށް ބެލެވޭ ފަރާތެއްކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން މަޢުލޫމާތު ދިންގޮތުގައި، މި އޮޕަރޭޝަނުގައި ދެ ސައިކަލަކާއި އެޕާޓްމަންޓެއް ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއި ލައްކައަކަށްވުރެ ގިނަ ރުފިޔާ ފެނުނެވެ. އަދި މި މައްސަލައާ ގުޅިގެން ބަލައިފާސްކުރި ދެ ސައިކަލް ވަނީ ޓޯވކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު ހާރޫން ޖައިލަމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ގެންދަނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޮޅިވަރަމުން މަސްތުވާ ތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސައިބަރ އެވެއަރނަސް ސެޝަނެއްޚަބަރު | ދުވަހެއް ކުރިންކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމައި ސަސްޕެންޑްކޮށްފިޚަބަރު | ދުވަހެއް ކުރިންޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 3 ދުވަސް ކުރިން