logo
Bank of Maldives

Bank of Maldives

ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސައިބަރ އެވެއަރނަސް ސެޝަނެއް

އިސްމާޢިލް ރާތިޢު
30 އޮކްޓޯބަރު 2025 - 05:32
ފުލުހުން ކުރިއަށްގެންދިޔަ އެވެއަރނެސް ސެޝަންގެ ތެރެއިން- ފޮޓޯ: ޕޮލިސް މީޑިއާ
ފުލުހުން ކުރިއަށްގެންދިޔަ އެވެއަރނެސް ސެޝަންގެ ތެރެއިން- ފޮޓޯ: ޕޮލިސް މީޑިއާ

ސައިބަރ އެވެއާނެސް މަހާ ގުޅިގެން "އެކުވެރި ފުލުހުން" ގެ ނަމުގައި ކުރިއަށްގެންދާ ހަރަކާތުގެ ތެރެއިން، އަޑުއެހުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށާއި، ފެނުމުގެ ނުކުޅެދުމްތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ސައިބަރ އެވެއަރނެސް ސެޝަނެއް ކުރިއަށް ގެންގޮއްސިއެވެ.

މިސެޝަނުގައި، ނުކުޅެދުންތެރިކަން ހުުންނަ ވީހާވެސް ގިނަ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގޫގްލް މީޓް މެދުވެރިކޮށް ބައިވެރިވެވޭނެ އިންތިޒާމުވެސް ހަމަޖައްސާފައިވެއެވެ. އަދި ސެޝަނުގެ ތެރެއިން، ޢިޝާރާތް ބަހުންވެސް މައުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގަލޮޅު ޕޮލިސް ނެއިބަހުޑް އިން އިންތިޒާމުކުރި މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްޓޫބަރު 28 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލުގައެވެ. މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ ފްރޮންޓްލައިން ޕޮލިސްގެ ހުރިހާ ނެއިބަހުޑް ސަޕޯޓް އޮފިސަރުންނާއި ސައިބަރ ކްރައިމް ސެންޓަރާއި ސްކޭމް ސެންޓަރާއި ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް ގުޅިގެންނެވެ.

 މި ސެޝަންގައި، އިންޓަނެޓް ބޭނުންކުރާއިރު އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންވީ ކަންކަން ކިޔައިދިނުމުގެ އިތުރުން ސޯޝަލް މީޑިއާ ބޭނުންކުރާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމައި ކާކުކަން ނޭނގޭ މީހުންނަށް ޒާތީ މައުލޫމާތު ހިއްސާނުކުރުމަށާއި ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށް އިލްތިމާސްކޮށްފައިވެއެވެ. މީގެ އިތުރުން އޮންލައިންކޮށް ފައިސާގެ މުއާމަލާތެއްކުރާނަމަ ކާކުކަން ޔަގީންކޮށްފައި ނޫނީ އެ މުއާމަލާތެއް ނުކުރުމަށާއި ސްކޭމްގެ އެއްވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާވެސް އަވަހަކަށް ފުލުހުންނަށް ރިޕޯޓުކުރުމަށް މި ސެޝަންގައި އިލްތިމާސްކޮށްފައިވެއެވެ. އަދި ބެންކު އެކައުންޓާއި ކޭޝްކާޑުގެ މައުލޫމާތާއި އޯޓީޕީ ހިއްސާނުކުރުމަށްވެސް ސެޝަންގައި އިލްތިމާސްކޮށްފައިވެއެވެ.

ބެލެނިވެރިއެއްގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަމާއި، އިންޓަނެޓް މެދުވެރިކޮށް ހިންގަމުންދާ ކުށްތަކުން ދަރިން ރައްކާތެރިކުރުމަށާއި އެ ކުދިން ގެންގުޅޭ ފޯނާއި ޓެބްލެޓް ފަދަ ތަކެތި މޮނީޓަރކުރާނެ ގޮތާއި ކުދިންގެ އުމުރާ ނުގުޅޭ ފަދަ މަންޒަރުތައް ކުދިންނަށް ނުފެންނާނޭހެން ކޮންޓްރޯލްކުރާނެ ގޮތްތައް ވެސް ކިޔައިދީފައިވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ސައިބަރ އެވެއަރނަސް ސެޝަނެއްޚަބަރު | 9 ގަޑިއިރު ކުރިންކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމައި ސަސްޕެންޑްކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 2 ދުވަސް ކުރިންހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއްޚަބަރު | 2 ދުވަސް ކުރިން