logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2025 - 03:15
ހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއް

ހުޅުމާލޭ ފޭސް 2 ގައި ހުންނަ ހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި ހިންގި ހަމަނުޖެހުމަކާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ. މި

ފުލުހުންގެ ޚިދުމަތުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިކަން ހިނގާފައި ވަނީ ހިޔާ ޓަވަރު 9 ގައެވެ. މި މައްސަލާގައި ކުޑަކުދިންތަކެއްގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އިންޒާރުދީ ހަމަނުޖެހުން ހިންގުމާއި ގުޅިގެން ޖުމްލަ 3 ކުއްޖަކު މަޢުލޫމާތު ސާފުކުރުމަށް ހުއްޓުވާފައިވެއެވެ. އޭގެ ތެރެއިން 16 އަހަރުގެ ފިރިހެން ކުއްޖަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި ތޫނު އެއްޗެއް ބޭނުންކޮށްފައިވާކަމަށް ވާހަކަ ދެކެވޭތީ މި ހާދިސާގައި އެފަދަ އެއްޗެއް ބޭނުންކޮށްފައި ނުވާކަމަށާއި އަދި މާރާމާރީއެއްވެސް ހިންގާފައިވާ ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އެ ވީޑިއޯއިން ފެންނަނީ ހިޔާ ޓަވަރަކުން މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރެވެ. އެ ސަރަހައްދުގައި ހުރި މީހަކު ދައްކާ ވާހަކަ ވެސް ވީޑިއޯއިން އަޑުއިވޭއިރު، މީހަކު ވަޅިއެއް ހިފައިގެން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއެވެ.

މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން އިތުރަށް ވިދާޅުވިއެވެ;

މާރާމާރީތަކުގައި ކުޑަކުޑިން ޝާމިލުވުމުގެ މައްސަލަ މިހާރު ވަނީ ބޮޑުވެފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް، ޖިސްމާނީ އަނިޔާ ދިނުމުގެ 479 މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. މިފަދަ ހަމަނުޖެހުންތަކުގައި ކުޑަކުދިން ބައިވެރިވުން އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ އަޒީޒާ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފިޚަބަރު | 19 ގަޑިއިރު ކުރިންހިޔާ ޕާކު ސަރަހައްދުގައި މާރާމާރީއެއް، 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިޚަބަރު | 2 ދުވަސް ކުރިންތިލަފުށި ގޮނޑުގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފިޚަބަރު | 2 ދުވަސް ކުރިން މިރޭގެ މެޗުގެ ފޯރީގައި، އަމާންކަން ގެއްލިދާނެ އެއްވެސްކަމެއް ނުކުރުމަށް އެދިއްޖެޚަބަރު | 2 ދުވަސް ކުރިން