logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭންކް މުވައްޒަފުންއަތުން ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2025 - 08:53
ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން، ފޮޓޯ: ޕޮލިސް
ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުން، ފޮޓޯ: ޕޮލިސް

 

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތެރެއިން ބޭންކެއްގެ މުވައްޒަފުން އަތުން ފައިސާ ހުރި ސޫޓްކޭހެއް ފޭރިގަތް މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންގެ ވަނަވަރު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާ ހިންގާފައިވަނީ 27 އޮކްޓޫބަރު 2025 ވަނަ ދުވަހުގެ ފަތިހު ވީއައިއޭ ޓާމިނަލް 1 އަށް ދާ ވޯކްވޭގައެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މި ހަތަރު މީހުންނަކީ، ލ.މާވަށް، ރޭޝަމް / މާޒިން މޫސާ (25އ)، މާލެ، މ. ކޯރަސް / އަޙްމަދު ރައިހާން ނަޢީމް (20އ)، ކ.ގުރައިދޫ، އަޅިވިލާގެ / އިބްރާހީމް އަނޫފް (24އ) އަދި ކ.ގުރައިދޫ، އަޅިވިލާގެ / ޙުސައިން ޝަހުދު (30އ) އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހަށް ބަންދުގައި ބޭތިއްބުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައާ ގުޅޭ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 27 އޮކްޓޯބަރު ރޭ ފަތިހު 4:45 ގައެވެ. ފުލުހުން ބުނިގޮތުގައި ފޭރިގެންފައި ވަނީ ވީއައިއޭގެ ޓާމިނަލް 1 އަށް ވަންނަން ދިޔަ ބެންކެއްގެ ދެ މުވައްޒަފެއްގެ އަތުގައި އޮތް ސޫޓް ކޭހެކެވެ. އެނގިފައިވާގޮތުގައި އެއީ ބީއެމްއެލްގެ ދެ މުވައްޒަފެކެވެ. މި ސޫޓް ކޭސް ފޭރިގެންފައި ވަނީ މޫނު ނިވާކޮށްގެން ތިބި ބަޔެކެވެ. އަދި އެމީހުން ވަނީ އެ ސޫޓްކޭސް ފޭރިގަނެގެން ލޯންޗެއްގައި ފިލާފައެވެ.

އެ ސޫޓްކޭހުގައި ލައްކައެއްހާ ޑޮލަރު ހުރިކަމަށް މިހާތަނަށް އާންމުވި ނުރަސްމީ މައުލޫމާތުތަކުގައި ބުނެފަވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮލަރު ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ވަނަވަރު އާންމުކޮށްފިޚަބަރު | 12 ގަޑިއިރު ކުރިންހިޔާ ޓަވަރެއްގައި ކުޑަކުދިންތަކެއްގެ މެދުގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއްޚަބަރު | 18 ގަޑިއިރު ކުރިންބްރިޖުގައި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އަނިޔާވެއްޖެޚަބަރު | 18 ގަޑިއިރު ކުރިންއޮޅުވެލިފުށްޓާއި ކުރެންދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ފަށައިފިޚަބަރު | 2 ދުވަސް ކުރިން