logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނަމާލެ ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި ދެ އަންހެނުންނަށް އަނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
28 އޮކްޓޯބަރު 2025 - 03:04
g
g

މާލެ-ހުޅުލެ-ހުޅުމާލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖު މަތީގައި ހިނގި އެކްސިޑެންޓެއްގައި ސައިކަލެއްގައި ތިބި ދެ އަންހެނަކަށް އަނިޔާވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ވިދާޅުވީ މި އެކްސިޑެންޓްގެ ރިޕޯޓް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭގަނޑު 10:17 އެހާކަންހާއިރު ކަމަށެވެ. އެކްސިޑެންޓް ހިނގާފައިވަނީ ސިނަމާލެ ބްރިޖު މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ފަޅިން ދިޔަ ސައިކަލެއްގެ ފަހަތުން އައި ކާރެއް ޖެހިގެން ކަމަށް ފުލުހުންގެ މައުލޫމާތު ދެއެވެ.

މި ހާދިސާގައި އަނިޔާވެފައިވަނީ ސައިކަލުގައި ތިބި ދިވެހި ދެ އަންހެނުންނަށެވެ. އެ ދެމީހުންނަށް ވެފައިވާ އަނިޔާތަކަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، ފުލުހުން ވިދާޅުވީ އެ މީހުންނަށް ސީރިއަސް އަނިޔާއެއް ވެފައި ނުވާކަމަށެވެ.

މި އެކްސިޑެންޓާ ގުޅިގެން ކާރު ދުއްވި މީހާގެ ލައިސެންސް ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުވި 68 އަހަރުގެ ދިވެއްސަކު ސަލާމަތްކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންސިނގިރޭޓް ބޮޑުވައްކަމުގެ މައްސަލާގައި 10 މީހަކަށް ދައުވާކޮށްފިޚަބަރު | ދުވަހެއް ކުރިންފުލުހުންގެ އަސާސީ ތަމްރީނުން އެއްވަނަ ހޯދި ފުރަތަމަ އަންހެން ފުލުހަކަށް އިމްޝާ!ޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ނޫ ޔުނީފޯމުގެ ގަދަރުކުޑަވާނެ އެއްވެސް ކަމެއް ނުކުރުމަށް ސީޕީ ނަވީން އިލްތިމާސްކުރައްވައިފިޚަބަރު | ދުވަހެއް ކުރިން