logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މާރިޗު 2026 - 01:18
ޑްރަގް މައްސަލާގައި އުމުރަށް ޖަލަށްލި ބިދޭސީ މީހާ، ފޮޓޯ: ޕޮލިސް
ޑްރަގް މައްސަލާގައި އުމުރަށް ޖަލަށްލި ބިދޭސީ މީހާ، ފޮޓޯ: ޕޮލިސް

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ބަންގްލަދޭޝްގެ ރައްޔިތަކު އުމުރަށް ޖަލަށްލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލާގައި ހުކުމް އައިސްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއަގެ މައްޗަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ ދަށުން، ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއެވެ.

އެމް.ޑީ ސޮހަބް މިއަ ރާއްޖެ އައިސްފައިވަނީ 2024 ޖޫން 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލާ އެއާލައިންސްގެ BS337 ފްލައިޓުންނެވެ. ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކުކުރެވިގެން، ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ބަލައި ފާސްކުރުމުގެ ތެރޭގައި، އޭނާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓެއް ވަނީ ފެނިފައެވެ.

ފުލުހުންގެ ތަހުގީގުގައި އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.6632 ގްރާމްގެ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފައެވެ.

މި މައްސަލައިގެ ތަހުގީގު ނިންމައި، ފުލުހުން ވަނީ ކޯޓަށް ބޭނުންވާ ހެކި އެއްކުރުމާއި، ތަހުލީލު ރިޕޯޓުތަކާއި، މައްސަލައިގައި ބައިވެރިވި ފުލުހުންގެ ބަޔާންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ކޯޓަށް ހުށަހަޅާފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލަ ބެލުމަށްފަހު، އެމް.ޑީ ސޮހަބް މިއަގެ މައްޗަށް ކުށް ސާބިތުވާކަމަށް ވަނީ ކަނޑައަޅާފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން، އޭނާ 23 އަހަރާއި 3 މަހާއި 25 ދުވަހަށް ޖަލަށްލުމަށާއި (ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު)، 100,000 (އެއްލައްކަ) ދިވެހި ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ.

މިއީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންނާއި ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ނަތީޖާއެއް ކަމަށް ފުލުހުން ބުނެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ސަރުކާރާއި ގާނޫނީ އިދާރާތަކުން ދަނީ ހާއްސަ އިސްކަމެއް ދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންރާއްޖެ އަށް ޑްރަގް އެތެރެކުރި ބިދޭސީއަކަށް އުމުރު ދުވަހުގެ ޖަލު ހުކުމަކާއި ބޮޑު ޖޫރިމަނާއެއްޚަބަރު | 2 ގަޑިއިރު ކުރިންއައްޑޫގައި މަރުވެފައި އޮއްވާ ފެނުނު ބިދޭސީއަކީ ކާކުކަން ދެނެގަތުމަށް އެހީތެރިކަމަށް އެދިއްޖެޚަބަރު | ދުވަހެއް ކުރިންދިގުރަށުގައި ބިދޭސީންތަކެއް މަރުވި ހާދިސާއާއި ގުޅޭ ފަހުގެ މައުލޫމާތު ދީފިޚަބަރު | ދުވަހެއް ކުރިން