މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ
18 މާރިޗު 2026 - 16:41

މާފަންނު ފިލޫނިޔާ މަގުގެ ޔުނިވާސަލް ގޯޑައުން ކުރިމަތީގައި ހުރި އިމާރާތެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަމުންދާން ފަށައިފިއެވެ.
މިހާރު މިސަރަޙައްދުގައި އެމްއެންޑީއެފް އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

Ad by Hajj Corporation

އަލިފާން ރޯވެފައި ވަނީ ގުދަނެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. މި ހާދިސާ ހިނގީ މ. ތޮއިބާ މިސްކިތް ކައިރީގައި ހުރި އިމާރާތެއްގައެވެ.
ރޯވި އަލިފާނުގެ 80 އިންސައްތަ މިހާރުވަނީ ކޮންޓްރޯލު ކޮށްފަ ކަމަށާއި އަލިފާންގަނޑު ކޮންޓްރޯލު ކުރުމަށް ފޯމު ޖަހަމުން އަންނަކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. އަދި މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަަށް އެއަރޕޯޓުގެ ފަޔަރ ލޮރީ ވެސް މާލެ އައިސްފައިވާ ކަމަށާއި ނަަމަވެސް އެ ލޮރީ އަށް އަލިފާން ހިނގި ސަރަހައްދަށް އައުން ލަސްވަނީ އެ ސަރަހައްދަށް ދިއުމުގައި މަގުތައް ބްލޮކް ވުމުގެ ސަބަބުން ކަމުގައި ވެސް ވަނީ ބުނެފައެވެ.
މިއީ ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއް ކަަމަށް ވެސް ބައެއް މީހުން ދާއިރު، އަލިފާންގަނޑުގެ ތެރެއިން އެއްޗެހިތަކެއް ގޮވި އަޑު އިވުނު ކަމަށް ވެސް ބައެއް މީހުން ބުނެއެވެ.


