logo
Bank of Maldives

Bank of Maldives

ޚަބަރު

ހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 މާރިޗު 2026 - 08:43
ހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީ

 

ހއ. ހޯރަފުށީގައި ބުޅަލަކަށް ގަސްތުގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ބުނާ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ މުއައްސަސާއަށް ލިބިފައިވަނީ 2026 މާރިޗު 12 ވަނަ ދުވަހުގެ ރޭ 19:06 ހާއިރުއެވެ.

މި މައްސަލައަކީ ބުޅަލަކަށް ރަހުމުކުޑަ ގޮތަކަށް އަނިޔާކޮށް، އެ ސޮރު މަރާލުމާ ގުޅޭ މައްސަލައެކެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން ފުލުހުން ބުނީ، މިހާތަނަށް މި މައްސަލައާ ގުޅިގެން ތިން މީހަކާ ސުވާލުކޮށް، ތަހުގީގަށް ބޭނުންވާ ބަޔާންތައް ނަގާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިޔަރެއްގެ ހަމަލާއިން ދިރިއުޅުމަށް ބަނަކަން، ފައިބުރިކޮށްލި ސްޕޭންގެ ޑޮކްޓަރު މަރާ ހަނގުރާމަކުރަނީޚަބަރު | ގަޑިއިރެއް ކުރިންހަނީމޫނަށް ރާއްޖެއަށް އައި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފައި ބުރިކޮށްލަން ޖެހިއްޖެޚަބަރު | 9 ގަޑިއިރު ކުރިން17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިޚަބަރު | 13 ގަޑިއިރު ކުރިންފުލުހުންގެ ބެލުމުގެ ދަަށުގައި ހުރި މީހަކު ނިޔާވެއްޖެޚަބަރު | 14 ގަޑިއިރު ކުރިން