ނޮޅިވަރަމުން މަސްތުވާ ތަކެއްޗާ އެކު މީހަކު ހައްޔަރު ކޮށްފި
30 އޮކްޓޯބަރު 2025 - 18:10

ހދ. ނޮޅިވަރަމަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުުނު މައުލޫމާތަކާ ގުޅިގެން، ހދ.ކުޅުދުއްފުށީ ޕޮލިހާއި ނޮޅިވަރަމް ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާއެކު މީހަކު ހައްޔަރުކޮއްފިއެވެ.
މިމަހުގެ 29 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ، ހދ ނޮޅިވަރަމް/ ޔާދު އުމުރުން 48 އަހަރުގެ އަލީ ރަޝީދު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

Ad by Hajj Corporation
އޭނާ ހައްޔަރުކޮށްފައިވަނީ ، ހދ.ނޮޅިވަރަމަށް އައި ބޯޓަކުން ގެނައި ފޮށިގަނޑަކާއި ޑަބިޔަލެއް ފުލުހުން ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ 2 ޕެކެޓު ފެނުނު މައްސަލަައަކާ ގުޅިގެންނެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލަ އިތުރަށް ތަހުޤީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


