logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގާއެކު ކަލައިދޫން ފެނުނު މީހާގެ ބަންދަށް 12 ދުވަސް

އަޙްމަދު ޒަލީފް
18 އޯގަސްޓު 2025 - 12:45
ކަލައިދޫން ހައްޔަރުކުރި މީހާ
ކަލައިދޫން ހައްޔަރުކުރި މީހާ

މަސްތުވާތަކެތީގެ މައްސަލައެއްގައި ލ. ކަލައިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ލ. އިސްދޫ / ހިޔަލީގުލްޝަން، އަޙްމަދު ނަޝީދު (38އ) އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި މަހު 17 ވަނަ ދުވަހު ފުލުހުން ރަށުތެރެ ޕެޓްރޯލު ކުރަމުން ދިޔައިރު އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. ސައިކަލެއްގައި އޭނާ ދަނިކޮށް ހުއްޓުވި ވަގުތު ސައިކަލު މަޑިދަށުން އެއްޗެއް ނަގައިގެން ދުއްވައިގަނެ ފިލަން މަސައްކަތްކުރުމުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރުގަނޑެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 4.64 ގުރާމެވެ.

Ad by Hajj Corporation

Ad by Hajj Corporation

33_d87811328e.jpg

ހައްޔަރު ކުރި މީހާގެ އަތުން ފެނުނު މަސްތުވާތަކެތި

މި މައްސަލައާ ގުޅިގެން އަޙްމަދު ނަޝީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

އިސްދޫ ޕޮލިހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ޑްރަގް ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިޚަބަރު | 15 ދުވަސް ކުރިންޑްރަގް މައްސަލައެއްގައި ށ. ފޭދޫން ދެމަފިރިން ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންމަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ އަންހެނުންނާއި ފިރިހެނަކު ބަންދަށްޚަބަރު | މަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާ އިން ވަކި ކުރަން ނިންމައިފި ޚަބަރު | 2 މަސް ކުރިން