logo
Bank of Maldives

Bank of Maldives

ޚަބަރު

ހަނިމާދޫގައި ޑްރަގް ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
16 އޮކްޓޯބަރު 2025 - 17:42
ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް
ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ، ފޮޓޯ: ޕޮލިސް

ހދ. ހަނިމާދޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ހދ. ހަނިމާދޫ/ޑޯން ޝައިން، އަހްމަދު އަޒުމީ (40 އަހަރު) ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީނާ ހައްޔަރުކޮށްފައި ވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުގައި، އެ މީހާ ހައްޔަރުކޮށްފައިވަނީ އިންޓެލިޖެންސްއަށް ލިބުނު ވަރަށް މުހިންމު މައުލޫމާތަކާ ގުޅިގެން ހަނިމާދޫގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. މަސްތުވާތަކެތި ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މިމީހާ ހައްޔަރުކުރިއިރު އޭނާ ހުރި ތަނުން މަސްތުވާތަކެތި ކަމަށް ބެލެވޭ 6 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ފުލުހުން އިތުރަށް މައުލޫމާތު ދެއްވިގޮތުގައި، ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 8.2 ގްރާމް ހުރިއިރު، މި މައްސަލައިގެ ތަހުގީގަށްޓަކައި އެމީހާ ކޯޓަށް ހާޒިރުކުރުމުން އޭނާ ފަސް ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ މިހާރުވެސް ކުރިއަށް ގެންދަމުންނެވެ.

މި މީހާ އަކީ މީގެ ކުރިން ވެސް މިފަދަ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާ އަކީ އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއްކަމަށް ބެލެވޭއިރު ބައެއް މީހުން އޭނާ އަށް ކޮލަމްބިއާގެ ބޮޑު ޑްރަގް ޑީލަރ ''އެސްކޮބާ''ގެ ނަމުން ވެސް މުޚާތަބުކުރާކަމަށް ވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަނިމާދޫގައި ޑްރަގް ވިއްކުމުގެ ބޮޑެއްކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ލަންކާ މީހާ އަދިވެސް ނުފެނޭޚަބަރު | 19 ގަޑިއިރު ކުރިންހުޅުމާލޭގައި ހަލާކުވެފައިވާ 700 އަށްވުރެ ގިނަ އުޅަނދުޚަބަރު | 20 ގަޑިއިރު ކުރިންކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ގއ.ދާންދޫ، އަހްމަދު ޝިފާންޚަބަރު | ދުވަހެއް ކުރިން