ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ގއ.ދާންދޫ، އަހްމަދު ޝިފާން
16 އޮކްޓޯބަރު 2025 - 06:11

މާލެއިން ފުރައިގެން ކ.އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވެފައިވަނީ ގއ.ދާންދޫ/ސަރުސޫނުގެ އުމުރުން 38 އަހަރުގެ އަހްމަދު ޝިފާން ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ބުނެފިއެވެ.
ރޭ ދަންވަރު ހިނގި މި ހިތާމަވެރި ހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން އަދިވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް ގެއްލުނު 3 މީހުންގެ ތެރެއިން ފެނިފައިވަނީ ޝިފާން އެކަންޏެވެ.

Ad by Hajj Corporation
ޝިފާން ގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ނަގާފައިވަނީ ކަނޑުގެ އަޑިންނެވެ.
ޝިފާން ގެ ހަށިގަނޑު ކަނޑު އަޑިން ނެގިއިރުވެސް އޮތީ ނިޔާވެފައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ހަށިގަނޑު ފެނިފައިވަނީ، ހެނދުނު 8:04 ހާއިރުކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. ކޯސްޓްގާޑުގެ ޑައިވަރުން މިހާރުވެސް އެސަރަހައްދުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.
މި ދުވަސް ވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން ކަނޑުދަތުރުކުރުމުގައި މޫސުމަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.