logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންޑުން ޖަހާލީ ކޮޅުވެއްޓިން ގެއްލުނު އެކަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 04:21
ބަންޑުން ޖަހާލީ ކޮޅުވެއްޓިން ގެއްލުނު އެކަކު ނިޔާވެފައި އޮއްވައި ފެނިއްޖެ

މާލެއިން ފުރައިގެން ކ.އެރިޔަދޫ އަށް ދަތުރުކުރަމުން ދިޔަ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ގެއްލިގެން ހޯދަމުންދިޔަ ތިން މީހުންގެ ތެރެއިން އެކަކު ނިޔާވެފައި އޮއްވައި ފެނިއްޖެއެވެ.

ރޭ ދަންވަރު ހިނގި މިހާދިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓުކާޑުން ދަނީ ކުރަމުންނެވެ. މިހާތަނަށް ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާއިރު، އެމީހާގެ ހަށިގަނޑު އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ކަނޑުގެ އަޑިން ނަގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ އެމީހާ ނެގިއިރުވެސް އޮތީ ނިޔާވެފައިކަމަށެވެ. މި މީހާގެ ހަށިގަނޑު ފެނިފައިވަނީ، ހެނދުނު 8:04 ހާއިރުކަމަށްވެސް ފުލުހުން ބުނެއެވެ. ގެއްލުނު ތިން މީހުންގެ ތެރެއިން ދެމީހުން ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެފައިވާއިރު، މޫސުމަށް ސަމާލުވުމަށް ކަމާގުޅޭ އިދާރާތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޅުވެއްޓި ބަންޑުން ޖަހާލުން: ގެއްލުނު ލަންކާ މީހާ އަދިވެސް ނުފެނޭޚަބަރު | 2 ގަޑިއިރު ކުރިންހުޅުމާލޭގައި ހަލާކުވެފައިވާ 700 އަށްވުރެ ގިނަ އުޅަނދުޚަބަރު | 3 ގަޑިއިރު ކުރިންކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ނިޔާވީ ގއ.ދާންދޫ، އަހްމަދު ޝިފާންޚަބަރު | 8 ގަޑިއިރު ކުރިންބަންޑުން ޖަހާލީ ކޮޅުވެއްޓިން ގެއްލުނު އެކަކު ނިޔާވެފައި އޮއްވައި ފެނިއްޖެޚަބަރު | 9 ގަޑިއިރު ކުރިން