މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާ އިން ވަކި ކުރަން ނިންމައިފި
6 ސެޕްޓެމްބަރު 2025 - 15:24
ޖުލައި 18 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އުމުރުން 32 އަހަރުގެ އައިޝަތު ޝިޔާޒާގެ އިތުރުން ހއ. ދިއްދޫ / ހަޒާރުމާގެ، އުމުރުން 26 އަހަރުގެ ސައިފުﷲ އަހްމަދު އެވެ.

Ad by Hajj Corporation
ޝިޔާޒާ ހައްޔަރުކުރީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ވިޔަފާރިވެރިންގެ މިސްކިތް ކައިރިން އެދެމީހުން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ރަބަރު ޕެކެޓާއި މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަަށް ހާޒިރުކުރުމުން ޝިޔާޒާއަށް 5 ދުވަސް އަދި ސައިފުﷲ އަށް 10 ދުވަހުގެ މުއްދަތެއް އޭރުވަނީ ދީފައެވެ.
މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑުން ޝިޔާޒާ ވަޒީފާއިން ވަކިކުރަން ނިންމާފައިވާ ކަމަށެވެ.