logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގް މައްސަލައެއްގައި ށ. ފޭދޫން ދެމަފިރިން ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
29 ސެޕްޓެމްބަރު 2025 - 03:21
ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެންފައިވާ ޑްރަގް، ފޮޓޯ: ޕޮލިސް
ޑްރަގް އޮޕަރޭޝަނެއްގައި ފުލުހުން އަތުލައިގެންފައިވާ ޑްރަގް، ފޮޓޯ: ޕޮލިސް

 

ށ. ފޭދޫގައި މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ދެމަފިރިން ހައްޔަރުކޮށްފިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ށ. ފޭދޫގައި ހުންނަ ގެއަކަށް ކޯޓު އަމުރެއްގެ ދަށުން ވަދެ ވަނީ ބަލައި ފާސްކޮށްފައެވެ.

މި ގެ ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ ދެ ކަރުދާސް ކޮޅަކާއެކު އެރަށު ސައިމަގޭ، މުޙައްމަދު މުޞްތަފާ (41އ) އާއި ލައިޓްހައުސް، ފާތިމަތު ނައިލާ (35އ) ވަނީ ހައްޔަރުުކޮށްފައެވެ. އަދި މަސްތުވާތަކެތި ވިއްކައިގެން ހޯދާފައިވާ ކަމަށް ބެލެވޭ ފައިސާވެސް އެ އެގެއިން ފެނުނުކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ހައްޔަރުކުރި މުޙައްމަދު މުޞްތަފާއަކީ ށ. ފޭދޫ ކައުންސިލްގެ ކުރީގެ ރައީސެކެވެ. ދެން ހައްޔަރުކޮށްފައި ވަނީ އޭނާގެ އަންހެނުންނެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު ދެމީހުންގެ ތެރެއިން މުޙައްމަދު މުޞްތަފާ 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. އަދި ފާތިމަތު ނާއިލާ 7 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި ނަމަވެސް، އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ ފަހުން ވަނީ ދޫކޮށްލާފައެވެ.

މި މައްސަލައިގެ ތަޙްޤީޤު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން 25 އަންހެނަކު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަން ފަށައިފިޚަބަރު | ދުވަހެއް ކުރިންވަޒީރު އިޙްސާންއާއި ސީޕީއާއެކު ފުލުހުންގެ ބަދަހި ސަފުތައް ދައްކާލައިފިޚަބަރު | ދުވަހެއް ކުރިންމަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ލަންދޫ މީހެއްގެ ބަންދަަށް 30 ދުވަސްޚަބަރު | 2 ދުވަސް ކުރިން