logo
Bank of Maldives

Bank of Maldives

ޚަބަރު

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
8 އޯގަސްޓު 2025 - 10:52
ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ގެދޮރުވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކުރެވިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެ ކޯޕަރޭޝަނުން ބުނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މި އެއްބަސްވުންތަކުގައި ސޮއިކުރަން ފެށުނު ފަހުން މިހާތަނަށް 640 މީހަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށެވެ. އެއްބަސްވުންތަކުގައި ސޮއިކުރަން ތާވަލުކުރެވުނު އަދަދަކީ 667 އެވެ. ވުމާއެކު އެއްބަސްވުންތަކުގެ ތެރެއިން ޔުނިޓް މަޝްރޫއުގެ 16 އިންސައްތައަށްވާ އެއްބަސްވުންތަކުގައި މިހާރުވަނީ ސޮއިކުރެވިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 2665 މީހެއްގެ ނަން އެއްބަސްވުން އެކުލަވާލުމަށްޓަކައި އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން އެ ކޯޕަރޭޝަނަށް ފޮނުވާފައިވާކަމަށާއި އަމާޒަކީ ފްލެޓް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް 3 މަސްދުވަހުގެ ތެރޭގައި ހުރިހާ ފަރާތްތަކާ އެކުވެސް އެއްބަސްވުން އެކުލަވާލުންކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓް ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއި ކުުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް މަސައްކަތް ކުރަމުންދާކަން ފަހި ދިރިއުޅުން ކޯޕަޝަނުން ހާމަކޮށްފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގެދޮޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ހުރިހާ މީހުންގެ އެގްރިމަންޓްގެ މަސައްކަތްތައް ނިންމާ ފްލެޓް ހަވާލުކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު ފްލެޓްގައި ސޮއިކުރުމަށް އައިމުގެ ކުރިން، އެކަމަށް ބޭނުންވާ ލިޔެކިޔުންތައް އެފްޑީސީގެ "ފަހި ޕޯޓަލް"އަށް އަޕްލޯޑްކުރުމަށް އެ ކޯޕަރޭޝަންއިން އަންގާނެއެވެ. އެއަށްފަހު ސޮއިކުރަން ދާންވާ ދުވަހާ ގަޑި އެފްޑީސީން އަންގަމުންދާނެއެވެ.

ސޮއިކުރުމުގެ ކަންކަން ކުރިއަށްދަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނައިފަރުގައި އެމްއެންޔޫގެ ކެމްޕަހެއް އަޅަން ހަވާލުކޮށްފިޚަބަރު | 8 ދުވަސް ކުރިންފްލެޓް ކުއްޔަށްދޭ މީހުންގެ އެއްބަސްވުން ބާތިލުކޮށް ފްލެޓް އަތުލެވޭނެ: ޝަކީލްޚަބަރު | 24 ދުވަސް ކުރިންގެދޮރުވެރިޔާ މަޝްރޫޢު: އެފްޑީސީން 62 މީހަކާ މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވޭޚަބަރު | މަހެއް ކުރިންގެދޮރުވެރިޔާ ޓަވަރުތަކުގައި ކޮމާޝަލް ހިދުމަތް ގާއިމުކުރަނީ 6 ޒޯނަކަށް ބަހާލައިގެންޚަބަރު | 2 މަސް ކުރިން