logo
ޚަބަރު

އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 03:49
އެންސިސް މަސް ކާރުޚާނާ މިފްކޯއިން ގަންނަނީ

ހުޅުމާލޭގައި އެންސިސް ފިޝަރީޒްއިން ހިންގަމުންއައި މަސް ކާރުޚާނާ މިފްކޯއިން ގަތުމަށް މަސައްކަތްކުރަމުންދާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް، ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ ހިއްސާކުރަމުން މިފްކޯއިން ބުނީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް މިފްކޯގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މިފްކޯއިން ދަނީ މެދުކެނޑުމެއްނެތި، ހީވާގިކަމާއެކު މަސައްކަތް ކުރަމުންކަމަށެވެ. މިގޮތުން ދިގު މުއްދަތަކަށް ފަސްކުރެވިފައިވާ އަސާސީ މަރާމާތުތަކާއި ބެލެހެއްޓުމުގެ މަސައްކަތްތަކަށް ތައްޔާރުވުމާއެކު، މިފްކޯގެ އުފެއްދުންތެރިކަން އިތުރުކުރުމަށް، ގިނަގުނަ މަސައްކަތްތަކެއް ކުރުމަށް މިހާރު ވަނީ ފަށާފައިކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

އެގޮތުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ފަހުގެ މެޝިނަރީއާއި އާލަތްތަކާއެކު، އިންވެސްޓްކުރުމަށްފަހު، ދޮޅުއަހަރަށް ހުއްޓިފައިހުރި، އެންސިސް ކޭނަރީގެ ޕްރޮސެސިންގް ކެޕޭސީޓީ މިފްކޯއަށް ލިބިގަތުމަށްޓަކައި، ދިރާސާތައް ނިންމުމަށްފަހު، އެންސިސްއާއިއެކު އަންނަނީ މަޝްވަރާކުރަމުންކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޖަރުމަނުގެ ޑިވެލޮޕްމަންޓް ބޭންކުން 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު ލޯނެއް ނަގައިގެން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި މި ކާރުހާނާ އަކީ ދުވާލެއްގެ މައްޗަށް 25 ޓަނުގެ މަސް، ދަޅުގައި ބަންދުކުރުމުގެ ގާބިލްކަން ލިބިފައިވާ ކާރުހާނާއެކެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ކާރުހާނާ ވަނީ ބަންދުކޮށްފައެވެ.

ކާރުހާނާ ބަންދުކުރަން ޖެހުނު ސަބަބަކީ ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ކުއްލިއަކަށް ބޮޑުކުރި ބޮޑުކުރުމުގެ ސަބަބުން އެ އަގުގައި މަސް ގަނެގެން ފައިދާގައި މަސް ކާރުހާނާއެއް ހިންގުމަކީ ކުރެވޭނެ ކަމެއް ނޫންކަން ގަބޫލުކުރާތީކަމަށް އެންސިސް ފިޝަރީޒް އިން ވަނީ ބުނެފައެވެ.

އެންސިސް ކާރުހާނާ ބަންދުކުރުމުން 400 އެއްހާ މުވައްޒަފުންގެ ވަޒީފާ ވަނި ގެއްލިފައެވެ.

މިފްކޯއިން ބުނީ ކުންފުންޏަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، މަސްގަތުމަށް ބޭނުންކުރާ އުޅަނދުފަހަރާއި، ހިންގުމަށް ބޭނުންކުރާ އިންފްރާސްޓްރަކްޗަރ، މެޝިނަރީއަދި އެހެނިހެން އާލާތްތަކަށް، މަޖުބޫރު ރިޕެއަރ އެންޑް މެއިންޓަނަންސްވަރަށް ބޮޑުތަނުން ލަސްވުމުގެ ސަބަބުން ކުރިމަތިވެފައިވާ ހުރަސްތައްކަމަށެވެ. އެހެންކަމުން، ކޮންމެހެން ކުރަންޖެހޭ އަދި އަސާސީ މަރާމާތުތަކާއި، އަދި ބަދަލުކުރަންޖެހޭ ތަކެތި ބަދަލުކުރުމަށް މިފްކޯއިން ވަނީ އިސްކަންދީފައެވެ.

މަރާމާތުގެ މަސައްކަތްތަކަށް އިސްކަމެއް ދެވިފައިވީ ނަމަވެސް، ކުންފުނީގެ ޖުމްލަ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މެނޭޖްމަންޓުން އެކި ދާއިރާތަކުން މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށާއި މި ގޮތުން، މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ސަރުކާރުގެ އެހީތެރިކަމާއެކު، މަލްޓި ލެޓެރަލް ޑިވޮލޮޕްމަންޓް ފައިނޭންސްގެ އެހީގައި، ކެޕޭސިޓީ އިތުރުކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް މިހާރު ކުރެވެމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި، މިފްކޯގެ އެންމެ މުހިންމު އެއް އަމާޒެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިފްޒާ މިފްކޯގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސްގެ މަގާމަށްޚަބަރު | 7 ގަޑިއިރު ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 8 ދުވަސް ކުރިންތިނަދޫ މަސް ގަންނަ މަރުކަޒު އަންނަ އަހަރަށް ނިންމަނީޚަބަރު | މަހެއް ކުރިންއައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިން