logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފި

ޢައްފާން މުޙައްމަދު
31 އޯގަސްޓު 2025 - 05:00
މިފްކޯގެ ބޯޓު ފުވައްމުލަކަށް ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު -- ފޮޓޯ/ މިފްކޯ
މިފްކޯގެ ބޯޓު ފުވައްމުލަކަށް ބަނދަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު -- ފޮޓޯ/ މިފްކޯ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން، ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިއެވެ.

މިފްކޯއިން ހޮނިހިރު ދުވަހުގެރޭ ކުރި އިއުލާނެއްގައި ބުނީ، މި މަހު އެ ކުންފުނީގެ ސީއީއޯ ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކޮށް އެ ސިޓީން މަސް ގަންނާނެކަމަށް ވައުދުވެވަޑައިގެންނެވި ފަދައިން މިފްކޯގެ ބޯޓު މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލަކަށް ބަނދަރުކުރި ކަމަށެވެ. އަދި އިއްޔެ މަސްގަންނަން ފަށާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުވައްމުލަކު ސިޓީގައި، މިފްކޯއިން ހަދަން ފަށާފައިވާ މަސް ޕްރޮސެސް ކުރާ މަރުކަޒުގެ މަސައްކަތް ނިންމާ މިއަހަރު ތެރޭގައި ޚިދުމަތްދޭން ފަށައި، ޕްރޮސެސް ކޮށްފައި ހުންނަ މަސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނަށް ފަސޭހައިން ގަންނަން ލިބޭނެ އިންތިޒާމު ވެސް ހަމަޖެހޭނެކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.

މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރިން ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަކަށް ހެދުމުގެ އަމާޒުގައި މިފްކޯއިން ދަނީ އެކުންފުނީގެ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ.

މިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށާފައިވާއިރު، އަންނަމަހު ސީދާ އައްޑޫ ސިޓީން މަސް އެކްސްޕޯޓްކުރުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. އަދި އައްޑޫ ސިޓީގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައްވެސް މި އަހަރުގެ ތެރޭގައި ފެށުމުގެ މަރުހަލާތައް ކުރިޔަށްދާކަމަށްވެސް މިފްކޯއިން ވަނީ ބުނެފައެވެ.

މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅުކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސްގަތުމުގެ ޙާލަތު ރަނގަޅުކުރުމަށް އެތަނުގެ ބަނދަރުމަތީގެ މަގުތައް މަރާމާތުކޮށް، ލޯކަލް ޕްރޮޑަކްޝަން ފެކްޓަރީ އަޕްގްރޭޑްކުރުމުގެ މަސައްކަތްވެސް ވަނީ ރާވާފައެވެ.

ފެލިވަރު ކޭނަރީގެ އަވަސް މަރާމާތާއި މެއިންޓަނަންސްގެ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ. އަދި ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި، އޮޕަރޭޝަނަށް ގެނައުމަށާއި، އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއަށް ގަތުމުގެ ތައްޔާރީތައްވެސް މިއަހަރުތެރޭ ފަށަން ތައްޔާރުވަމުން އަންނަކަމަށް މިފްކޯއިން މައުލޫމާތުދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 7 ދުވަސް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 10 ދުވަސް ކުރިންފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފިޚަބަރު | 13 ދުވަސް ކުރިން