logo
Bank of Maldives

Bank of Maldives

ޚަބަރު

އައިސްއެޅި ކަނޑުމަހާއި ކަންނެލި ގަންނަން ރައީސް ކަނޑައެޅުއްވި އެންމެ ކުޑަ ރޭޓު މިފްކޯއިން ތަންފީޒުކުރަން ފަށައިފި

އާމިނަތު ޝަފާ
14 ޑިސެމްބަރު 2025 - 10:51
އައިސްއެޅި ކަނޑުމަހާއި ކަންނެލި ގަންނަން ރައީސް ކަނޑައެޅުއްވި އެންމެ ކުޑަ ރޭޓު މިފްކޯއިން ތަންފީޒުކުރަން ފަށައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންގެ އަތުން ގަންނަ 1 ކިލޯއިން މަތީ މަސް އެންމެ މަދުވެގެން 16ރުފިޔާގެ ރޭޓުން މިއަދުން ފެށިގެން ގަންނަން ފަށައިފިއެވެ.

މިއަދުން ފެށިގެން މި ބަދަލު ގެނައީ މަސްވެރިން ބާނާ މަހަށް ރަނގަޅު އަގު ހޯދައިދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ކިލޯއަކަށްވުރެ ބަރު މަސް މިއަދުން ފެށިގެން މިފްކޯއިން ގަންނާނީ މަދުވެގެން 16ރުފިޔާ އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވުމާ ގުޅިގެންކަމަށް އެ ކުންފުނިން ހާމަކުރެއެވެ. އެމަނިކުފާނު އެކަން އިޢުލާންކުރެއްވީ 45 ވަނަ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ރ. ދުވާފަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލު ގެނައުމުގެ ކުރިން މިކަމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއާއި މިފްކޯއާ ދެމެދު ފުޅާ ދާއިރާއެއްގައިމަޝްވަރާ ކުރެވިފައިވާކަމަށާއި މީގެ ކުރިން މަސްވެރިންނަށް 16ރުފިޔާ ލިބެނީ ދޮޅުކިލޯއިން މަތީ މަހަށް ކަމުގައިވީނަމަވެސް މިފްކޯއިން މަސް ގަންނަ އުސޫލަށް މިގެނެވުނު ބަދަލާ ގުޅިގެން 1 ކިލޯއިން މަތީގެ ހުރިހާ މަހަކަށް މި ރޭޓު މަސްވެރިންނަށް ލިބޭނެކަމަށް މިފްކޯއިން ހާމަކުރެއެވެ.

މަސް ގަންނަ އުސޫލަށް މިގެނެވުނު ބަދަލާއެކު، އައިސްއެޅި ކަނޑުމަހާއި ކަންނެލި ކިލޯއެއް މިއަދުން ފެށިގެން މިފްކޯއަށް ގަންނާނީ 16 ރުފިޔާ އަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ކިލޯއަކަށް 14ރުފިޔާ ދިނުމަށް ހަމަޖައްސާފައިވާއިރު 15 ކިލޯއިން މަތީ ކަންނެލި ކިލޯއަކަށް 18ރުފިޔާ މަސްވެރިންނަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، މިއަދުން ފެށިގެން، މިފްކޯއަށް މަސްވެރިން ކިރާ މަހަށް މިރޭޓުން ފައިސާ ލިބޭނެއެވެ.

މިފްކޯއިން ބުނީ މަސް ގަންނަ އަގަށް މިގެނެވުނު ބަދަލުގެ މަޤްޞަދަކީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސްވެރިން ބާނާ މަހަށް ރަނގަޅު އަގެއް ހޯދައިދިނުންކަމަށާއި މިފްކޯއިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ދައުލަތާއި ރައްޔިތުންނަށް އިތުރު ބުރައަކަށް ނުވެ ހިންގުމުގެ ޚަރަދު ކުޑަކޮށްގެން، މަސްވެރިން ބޭނުންވާ އަގު މަހަށް ހޯދައިދީ ފެންވަރު ރަނގަޅު ޚިދުމަތްތަކެއް މަސްވެރިންނަށް ފޯރުކޮށްދިނުންކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުއޮތްގިރި އޮޕަރޭޝަނަށް: މިހާރު ކަންނެލި ގަންނާނެ!ޚަބަރު | މަހެއް ކުރިންމިއަހަރުގެ ފުރަތަމަ 9 ދުވަހު މަސްވެރިންނަށް 10 މިލިއަން ރުފިޔާ ދޫކޮށްފިވިޔަފާރި | 2 މަސް ކުރިންފެލިވަރު ކޯލްޑް ސްޓޯރޭޖް މިއަހަރުގެ މެދުތެރޭގައި ބޭނުންކުރަން ފަށަނީޚަބަރު | 2 މަސް ކުރިން ރާއްޖޭގައި މިހާތަނަށް ގާއިމުކުރެވޭ އެންމެ ބޮޑު ކޯލްޑް ސްޓޯރޭޖު ޖޫން މަހު ބޭނުންކުރަން ފަށަނީ ޚަބަރު | 2 މަސް ކުރިން