ކަނޑުއޮތްގިރި އޮޕަރޭޝަނަށް: މިހާރު ކަންނެލި ގަންނާނެ!
11 ޖެނުއަރީ 2026 - 12:25

ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކަމްޕެނީ ލިމިޓަޑް (މިފްކޯ)އިން ބޮޑުކަންނެލި ގަތުމަށް ވާންޖެހޭ ތައްޔާރީތައްވެ ނިންމައި، ކަނޑުއޮތްގިރި އޮޕަރޭޝަނަށް ގެނެސް ބޮޑުކަންނެލި ގަންނަން ފަށައިފިއެވެ.
މި މަސައްކަތް ފަށާފައި މިވަނީ ބޮޑުކަންނެލީގެ މަސްވެރިންނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިންނެވެ.
މިކަމާ ގުޅޭގޮތުން މަަސްވެރިކަމާއި ކަންޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވީ، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ކަޅުބިލަމަހުގެ މަސްވެރިންނަށާއި، ބޮޑު ކަންނެލީގެ މަސްވެރިންނަށްވެސް ވަރަަށް ގިނަ ކަންތައްތަކެއް މި ސަރުކާރުން ކޮށްދީފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ބޮޑު ކަންނެލި މަސްވެރިކަމަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވަރަށް ބޮޑު ހިއްސާއެއް އޮންނަ ފަރާތްތަކެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އެ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފްކޯއަށް ބޮޑު ކަންނެލި ނުކިރުން ކަމަށެވެ. އެހެންނަމަވެސް މިހާރު އެ ފަރާތްތަކުން އެދެމުންދިޔަ ކަންތައްތައް ހާސިލްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ad by Hajj Corporation
މިފްކޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ފަރުޙަތު ޝަހީރު ވިދާޅުވީ، ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނައުމަށްފަހު އެތަނުން މަސްވެރިންނަށް ޚިދުމަތް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.
ކަނޑުއޮތްގިރި އަނބުރާ އޮޕަރޭޝަނަށް ގެނެސް ބޮޑު ކަންނެލި މަސްވެރިންގެ އަތުން މަސް ގަންނަން ފެށީ 15 ކިލޯއަށްވުރެ މަތީގެ ބޮޑުކަންނެއްޔަށް 25 ރުފިޔާގެ ރޭޓުން ކަމަށް އެމްޑީ ވިދާޅުވިއެވެ.
މީގެ އިތުރުން ކަނޑުއޮތްގިރިއަށް ކަޅުބިލަ މަސްވެސް މިހާރު ގަންނަން ފާށާފައިވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.


