logo
Bank of Maldives

Bank of Maldives

ޚަބަރު

މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު ހެޔޮކޮށްފި

އާމިނަތު ޝަފާ
14 ޑިސެމްބަރު 2025 - 16:12
ދޯންޏެއް މަސްވެރިކަމަށް ނިކުމެ
ދޯންޏެއް މަސްވެރިކަމަށް ނިކުމެ

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގު މިއަދުން ފެށިގެން ހެޔޮކޮށްފިއެވެ.

މިފްކޯއިން މަސްވެރިންނަށް ދެމުންދާ ޚިދުމަތްތަކަށް ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން މި ބަދަލު ގެނެވުނީ މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސްއާ ދެމެދު ޤާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުންނެވެ. މިގޮތުން މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި އެވްރެޖްކޮށް 51 ލާރި އަގުހެޔޮވާނެއެވެ. އަދި ތިން ޓަނަށްވުރެ މަތިން މަސްކިރާ ފަރާތްތަކަށް އެވްރެޖްކޮށް 71 ލާރި އަގުހެޔޮވާނެއެވެ.

މިގެނެވުނު ބަދަލާއެކު މިއަދުން ފެށިގެން މިފްކޯއަށް މަސްކިރާ ހުރިހާ ފަރާތަކަށް ތެޔޮ ވިއްކަމުންދާނީ ލީޓަރަކަށް 13.90ރުފިޔާއަށެވެ. އަދި ތިން ޓަނަށްވުރެ އިތުރަށް ކިރާނަމަ ލީޓަރެއް 13.72ރުފިޔާ އަށެވެ.

މީގެ އިތުރަށް އާންމު ފަރާތްތަކަށް ތެޔޮ ވިއްކާ އަގުވެސް މިފްކޯއިން ވަނީ ހެޔޮކޮށްފައެވެ. މިގޮތުން އާންމު ފަރާތްތަކަށް މިއަދުން ފެށިގެން މިފްކޯއިން ތެޔޮ ވިއްކަމުންދާނީ ލީޓަރެއް 14.43ރުފިޔާ އަށެވެ.

މިފްކޯއިން ހާމަކުރާ ގޮތުގައި ސަރުކާރުގެ ސިޔާސަތާ އެއްގޮތްވާގޮތުގެމަތީން މިފްކޯއިން މަސްވެރިންނަށް ވިއްކާ ތެލުގެ އަގަށް ގެނެވުނު މިބަދަލަކީ މަސްވެރިންނަށް ދޭ ޚިދުމަތްތަކުގެ އަގުހެޔޮކޮށް ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިފްކޯގެ ސީއީއޯގެ މަޤާމަށް އަނަސް އައްޔަންކުރައްވައިފިޚަބަރު | ގަޑިއިރެއް ކުރިންމިފްކޯގެ ސީއީއޯ ފަރުހަތު މަގާމުން އިސްތިއުފާ ދެއްވައިފިޚަބަރު | 19 ދުވަސް ކުރިންރައްޔިތުންގެ ޚިޔާލަށް އިޖާބަދީ، މަސްދަޅުގެ އަގު ކުރީގެ އަގަށް ބަދަލުކޮށްފިވިޔަފާރި | 24 ދުވަސް ކުރިންމިފްކޯއިން ވިއްކާ ތެޔޮ މަސްދަޅުގެ އަގު ބޮޑުކޮށްފިވިޔަފާރި | 25 ދުވަސް ކުރިން