logo
MPL

MPL

ޚަބަރު

ފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޮކްޓޯބަރު 2025 - 19:46
ފުނަދޫގައި ޤާއިމްކުރި މިފްކޯގެ އައިސްޕްލާންޓް ހުޅުވައިފި

ށ. ފުނަދޫގައި ޤާއިމްކުރި 30 ޓަނުގެ އައިސްޕްލާންޓް މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުދަ ދުވަހުގެ ރޭ ހުޅުވައިދެއްވައިފިއެވެ.

ދުވާލެއްގެ މައްޗަށް 30 ޓަނުގެ އައިސް އުފެއްދޭ އަދި 50 ޓަނުގެ އައިސް ރައްކާކުރެވޭ މި ޕްލާންޓް ރައީސް ހުޅުއްވައިދެއްވީ ބުދަ ދުވަހުގެރޭ ފުނަދޫ އަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި އައިސްޕްލާންޓް ޤާއިމްކުރުމާއެކު، އެ ސަރަހައްދުގެ މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ޙައްލުވެގެންދާނެއެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ފުނަދޫގައި މި އައިސްޕްލާންޓް ޤާއިމްކުރުމަކީ ސަރުކާރުން މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެޅުނު އިތުރު ފިޔަވަޅެކެވެ. މި ޕްލާންޓް މެދުވެރިކޮށް އުތުރުގެ އަތޮޅުތަކުގެ މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްވެގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާވަހި ލޯނު ފުރިހަމައަށް ނުލިބުނު ފަރާތްތަކަށް ޓޮޕްއަޕް ހަމަޖައްސައިދެވޭތޯ ބައްލަވަނީޚަބަރު | 2 ގަޑިއިރު ކުރިންޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 12 ބަންދުކޮށްފިޚަބަރު | 8 ގަޑިއިރު ކުރިންގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | ދުވަހެއް ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިން