logo
ޚަބަރު

މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ: ތަހުގީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފި

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 04:11
މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ: ތަހުގީގަށް ބޭނުންވާ މަޢުލޫމާތު އެއްކޮށްފި

މިދިޔަ ޖޫން މަހުގެ 1 ވަނަ ދުވަހު މުޅި މާލެ ސަރަހައްދަށް ދިމާވި ކަރަންޓު ކެނޑުމުގެމައްސަލައާ ގުޅޭގޮތުން ފުލުހުން ހިންގަމުންދާ ތަހުގީގުގައި އިބްތިދާއީ މަރުހަލާގެ މަޢުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ފުރިހަމަވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑުނީ ޖޫންމަހުގެ ފުރަތަމަ ދުވަހު މެންދުރު 12:30 ހާއިރު އެވެ. މައްސަލަ ހައްލުކޮށް ހުރިހާ ސަރަހައްދަކަށް ކަރަންޓު އަލުން ދެވުނުއިރު ފަސްގަޑިއިރުވަނީ ވެފައެވެ. މިއީ މިފަހުގެ ތާރީހުގައި ވެސް މުޅި މާލެ ސަރަހައްދުން އެންމެ ގިނަ ވަގުތަށް ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ފުލުހުން ބުނީ 2025 ޖޫން 1 ވަނަ ދުވަހު ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލައާ ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގުގެ އިބްތިދާއީ ހޯދުންތަކާއި މައުލޫމާތު ވަނީ އެއްކުރެވިފައިކަމަށާއި އަދި މި މަޢުލޫމާތައްބަލައި ފުލުހުން މި މައްސަލަދަނީ އިތުރަށް ތަޙްޤީގު ކުރަމުންކަމަށެވެ.

ތަޙްޤީގު އެއްކޮށް ނިމުމުން ތަޙްގީގުގައި ފާހަގަކުރެވުނު ކަންކަން ހިއްޞާކޮށްދޭނެކަމަށް ފުލުހުންވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި ޚަބަރު | 3 ގަޑިއިރު ކުރިންފުލުހުންނަށް މިދިޔަ އޮގަސްޓު މަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަޚަބަރު | 11 ގަޑިއިރު ކުރިންފުލުހުންގެ އިންފްރަސްޓްރަކްޗާ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ބޭނުންވަނީ ބަދަލެއް: ވަޒީރު އިހްސާންޚަބަރު | 12 ގަޑިއިރު ކުރިންފުލުހުންގެ ހާއްސަ ސެޝަނެއް ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް ޚަބަރު | ދުވަހެއް ކުރިން