logo
ޚަބަރު

ވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި

އަޙްމަދު ޒަލީފް
2 ސެޕްޓެމްބަރު 2025 - 12:17
ވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި

ފުލުހުންގެ ދުވަހާ ގުޅިގެން، ބ. އަތޮޅު ޕޮލިހުން އެ އަތޮޅުގެ 8 ރަށެއްގައި “ވޯކް އެންޑް ޓޯކް” ހަރަކާތްތަކެއް ހިންގައިފައެވެ.

މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މި ސެޕްޓެންބަރު މަހުގެ 01 ވަނަ ދުވަހުއެވެ. އޭދަފުށި، ތުޅާދޫ، ކެންދޫ، ކަމަދޫ، ކުޑަރިކިލު، ދޮންފަނު، ހިތާދޫ އަދި މާޅޮހުގައި ހިންގި މި ހަރަކާތްތަކަކީ ރައްޔިތުންނާއި ފުލުހުން ގުޅިގެން، ރައްކާތެރި މުޖުތަމައެއް ބިނާކުރުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތްތަކުގެ މައިގަނޑު ބޭނުމަކީ ފުލުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރަށްރަށުގެ އާންމު ރައްޔިތުންނާ ގާތުން ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި، އެ ކަންކަން ހައްލުކުރުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.

Baa_walk_and_talk_2_6391b22ebf.jpg

“ވޯކް އެންޑް ޓޯކް” ހަރަކާތުގައި ބ. އަތޮޅު ފުލުހުން ވަނީ ކުށްތަކުން ރައްކާތެރިވެ ތިބުމަށް ރައްޔިތުންނަށް ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އެގޮތުން  އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމާއި، މުދަލާއި ގެދޮރު ރައްކާތެރިކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އޮންލައިން ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ.

މި ހަރަކާތުގައި، ރަށްރަށުގެ އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންގެ އިތުރުން ކުޑަކުދިންނާ ވެސް ބައްދަލުކޮށްފައިވެއެވެ.

މި ހަރަކާތަކީ ކުށްމަދު ރައްކާތެރި މުޖުތަމައެއް ރަށުގެ ރައްޔިތުންނަށް ހޯދައި ދިނުމަށް ފުލުހުން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދާ ހަރަކާތްތަކެކެވެ. އާންމު ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކޮށް ގުޅުން ބަދަހި ކުރުމަށް ފުލުހުން އަންނަނީ ތަފާތު އެކި ހަރަކާތްތައް ރަށްރަށުގައި ހިންގަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި ޚަބަރު | 19 ގަޑިއިރު ކުރިންފުލުހުންނަށް މިދިޔަ އޮގަސްޓު މަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަޚަބަރު | ދުވަހެއް ކުރިންފުލުހުންގެ އިންފްރަސްޓްރަކްޗާ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ބޭނުންވަނީ ބަދަލެއް: ވަޒީރު އިހްސާންޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ހާއްސަ ސެޝަނެއް ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް ޚަބަރު | 2 ދުވަސް ކުރިން