logo
ޚަބަރު

ފުލުހުންގެ ހާއްސަ ސެޝަނެއް ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް

އަޙްމަދު ޒަލީފް
1 ސެޕްޓެމްބަރު 2025 - 12:20
ފުލުހުންގެ ހާއްސަ ސެޝަނެއް ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް

އައްޑޫ ސިޓީ ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް ހާއްސަކޮށްގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

އޮގަސްޓު މަހުގެ 31 ވަނަ ދުވަހު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހިތަދޫ 20 ޓެކްސީ ޑްރައިވަރުން ބައިވެރިވި މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ޓެކްސީ ދުއްވާއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި، ހާދިސާތަކުގައި އަމަލުކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުވައި މައުލޫމާތު ދީފައިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ، ރާއްޖޭގެ މަގުތަކަކީ ރައްޔިތުންނަށް ސަލާމަތްތެރި ތަނަކަށް ހެދުމަށްޓަކައި ފުލުހުން ކުރިއަށް ގެންދާ “ރައްކާ” ޕްރޮގްރާމްގެ ދަށުންނެވެ. ޓެކްސީ ޑްރައިވަރުންނަކީ ގިނަ ވަގުތު މަގުމަތީގައި އުޅެންޖެހޭ ބައެއް ކަމުން، އެފަރާތްތަކަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމު މައުލޫމާތު ފޯރުކޮށްދިނުމަކީ މަގުތަކުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ވަރަށް މުހިންމު ކަމެކެވެ.

މި ސެޝަނުގައި ބައިވެރިވި ޑްރައިވަރުން ވެސް ވަނީ މިފަދަ ޕްރޮގްރާމްތަކުގެ މުހިންމުކަން ފާހަގަކޮށް އަދި މަގުމަތީގެ ސަލާމަތްތެރިކަން އިތުރުކުރުމަށްޓަކައި މިފަދަ ތަމްރީނުތައް ގިނައިން ބޭއްވުމަށް އެދިފައެވެ. މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ  ޕްރޮގްރާމްތައް ދަނީ ކުރިއަށް ގެންދަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯކް އެންޑް ޓޯކް ހަރަކާތް ބ.އަތޮޅުގެ 8 ރަށެއްގައި ޚަބަރު | 19 ގަޑިއިރު ކުރިންފުލުހުންނަށް މިދިޔަ އޮގަސްޓު މަހު އެންމެ ގިނައިން ހުށަހެޅި ވައްކަމުގެ މައްސަލަޚަބަރު | ދުވަހެއް ކުރިންފުލުހުންގެ އިންފްރަސްޓްރަކްޗާ ޤާއިމްކުރުމުގެ މެގަ ޕްރޮޖެކްޓުން ބޭނުންވަނީ ބަދަލެއް: ވަޒީރު އިހްސާންޚަބަރު | ދުވަހެއް ކުރިންފުލުހުންގެ ހާއްސަ ސެޝަނެއް ހިތަދޫ ޓެކްސީ ޑްރައިވަރުންނަށް ޚަބަރު | 2 ދުވަސް ކުރިން