logo
ޚަބަރު

އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަނީ

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 05:41
އައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަނީ

އައްޑޫއަތޮޅުން ގަންނަމަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވާކަން މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯގެ ސެންޓަރުތަކުގެ ޙާލަތު ރަނގަޅު ކުރުމާއެކު ޕްރޮސެސިންގެ ކެޕޭސިޓީ އިތުރުކުރުމަށް، ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަކޮށް މިފްކޯއިން ބުނީ މަސް ގަތުމާއި ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، ގަންނަ މަހަށް ރާއްޖޭގައި ވެލިޔު އެޑްކުރުމުގެ ޤާބިލުކަން ކުރިއެރުވުމަކީ ދައުލަތާއި، މިފްކޯގެ އެންމެ މުހިންމު އެއް އަމާޒުކަމަށެވެ. މިގޮތުން އައްޑޫއަތޮޅުން ގަންނަމަސް ހުވަދުއަތޮޅަށް ގެންދިޔުމުގެ ބަދަލުގައި، ސީދާ އައްޑޫއަތޮޅުން އެކްސްޕޯރޓް ކުރުމުގެ މަސައްކަތް ކުރިޔަށް އޮތް މަސްދުވަހުގެ ތެރޭގައި ފެށުމަށް ރޭވިފައިވާކަން މިފްކޯއިން ވަނީ ހާމަކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މީގެ އިތުރުން އައްޑޫގައި މަހަށް ވެލިޔުއެޑް ކުރުމުގެ މަސައްކަތްތައް މި އަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި ގދ. ތިނަދޫގައި ޤާއިމުކުރަމުންދާ މަސްގަންނަ މަރުކަޒު 2026 ވަނަ އަހަރުގެ ފަހުކޮޅު ހުޅުވައި، އޮޕަރޭޝަނަލް ކުރުމަށްތައްޔާރުވެ އުތުރާއި ދެކުނުގައި ބާނާ ބޮޑުކަންނެލި މިފްކޯއިން ގަތުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައްވެސް މި އަހަރުތެރޭ ފެށުމަށް ވަނީ ރޭވިފައިކަން މިފްކޯއިން ހާމަކުރެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕެލްކްސް އަކީ މަސްވެރިންނަށް ނަފާވާ، ރައްޔިތުންނަށް ފައިދާވާ ތަނެއްގެ ގޮތުގައި ހަދައި މަސްވެރިން އަތުން މަސް ގަނެ، މަސް ފިނިކޮށް، ރައްކާކުރުމަށް އުފައްދާފައިވާ ކާރުޚާނާއެކެވެ. 1500 ޓަނުގެ މަސް މި ކާރުޚާނާގައި ރައްކާކުރެވޭނެއެވެ.

މިފްކޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ ދިވެހި މަސްވެރިސިނާއަތާއި މަސްވެރިންގެ ހިދުމަތުގައި ކުރަމުންދާ މަސައްކަތްތައް ފައިދާހުރި ދެމެހެއްޓެނިވި މަސައްކަތްތަކަށް ހެދުންކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝިފްޒާ މިފްކޯގެ ސީނިއަރ މެނޭޖަރ ޕަބްލިކް ރިލޭޝަންސްގެ މަގާމަށްޚަބަރު | ގަޑިއިރެއް ކުރިންމިފްކޯއިން ފުވައްމުލަކު ސިޓީން މަސް ގަންނަން ފަށައިފިޚަބަރު | 8 ދުވަސް ކުރިންތިނަދޫ މަސް ގަންނަ މަރުކަޒު އަންނަ އަހަރަށް ނިންމަނީޚަބަރު | މަހެއް ކުރިންއައްޑޫން މަސް ބޭރުކުރުމުގެ މަސައްކަތް ފަށަނީޚަބަރު | މަހެއް ކުރިން