logo
ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައި އެކަކު ގެއްލި ތިން މީހަކަށް އަނިޔާވެއްޖެBank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ 6 މަސްދުވަހު ވީއައިއޭއިން 4.1 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދީފި

އާމިނަތު ޝަފާ
10 އޯގަސްޓު 2025 - 05:52
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓު-- މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް
ވެލާނާ ބައިނަލްއަގުވާމީ އެއާޕޯޓު-- މެންދުރު ފޮޓޯ: ހުސައިން ޝައްމާޚް

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިދުމަތްދިން ފަސިންޖަރުންގެ އަދަދު 4 މިލިޔަނަށްވުރެ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ބުނެފިއެވެ.

އެމްއޭސީއެލުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުގައިި މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު 4،108،845 ( ހަތަރު މިލިއަން އެއް ލައްކަ އައްހާސް އައްސަތޭކަ ސާޅީސް ފަސް) ފަސިންޖަރުންނަށް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހިދުމަތްދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

މި 4.1 މިލިއަން ފަސިންޖަރުންގެ ތެރެއިން ބައިނަލްއަޤްވާމީ ދަތުރުތައް ކޮށްފައިވަނީ 2،669،969 ( ދެމިލިއަން ހަ ލައްޖަ ފަސްދޮޅަސް ނުވަހާސް ނުވަ ސަތޭކަ ފަސްދޮޅަށް ނުވަ ފަސިންޖަރުންނެވެ. އެތެރޭގެ ދަތުރުތައް ކޮށްފައިވަނީ 579،079 ފަސިންޖަރުންނެވެ. އަދި ސީޕްލޭންގައި 859،797 ފަސިންޖަރުން ދަތުރުކޮށްފައިވާވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން އެއަރޕޯޓު ބޭނުންކޮށްފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހުއެވެ. އެދުވަހު ވީއައިއޭއިން 26،658 ފަސިންޖަރުން ވަނީ ޚިދުމަތް ހޯދާފައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެއަރ ޓްރެފިކް މޫވްމަންޓްސް ހުރީ 124،665 ގައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 34،000 ޓަނުގެ ކާގޯ ވަނީ ކްލިއާކޮށްފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް ހުޅުވާފައިވާއިރު 78،000 އަކަމީޓަރުގެ ބޮޑުމިނުގައި ބިނާކުރެވިފައިވާ މި ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ގޮތަށް ޑިޒައިންކޮށްފައިވާ ޒަމާނީ ޓާމިނަލެކެވެ. މިއީ މިހާރު ބޭނުންކުރަމުންދާ ޓާމިނަލަށްވުރެ އެތައް ގުނައެއް ބޮޑު، ފެންވަރު ރަނގަޅު ޓާމިނަލެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވީއައިއޭގެ ޓާމިނަލް1 އިން، އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފިޚަބަރު | ދުވަހެއް ކުރިންއައު ޓާމިނަލުން ވާޖިން އެޓްލާންޓިކް އަށް ހިދުމަތްދޭން ފަށައިފިވިޔަފާރި | 8 ދުވަސް ކުރިންމި އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިޚަބަރު | 8 ދުވަސް ކުރިންވީއައިއޭގެ ޓާމިނަލް 1 އިން ސައުދިއާ އަށް ހިދުމަތް ދޭން ފަށައިފިޚަބަރު | 12 ދުވަސް ކުރިން