logo
Bank of Maldives

Bank of Maldives

ޚަބަރު

ވީއައިއޭގެ ޓާމިނަލް1 އިން، އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފި

އައިޝަތު ނަޝާ
1 ނޮވެމްބަރު 2025 - 12:39
ވީއައިއޭގެ ޓާމިނަލް1 އިން، އެއާ އިންޑިއާއަށް ހިދުމަތް ދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިންޑިއާގެ ގައުމީ އެއާލައިންކަމަށްވާ އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އެއާ އިންޑިއާ އަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލްގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި އެއާ އިންޑިއާގެ އެއާޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 118 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, AI2239 އިން ރާއްޖެ އައި 132 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އެއާ އިންޑިއާ އިން ރާއްޖެއަށް ދަތުރުތައް ފެށީ 21 ފެބްރުއަރީ 1976 ގައެވެ.އެއާ އިންޑިއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 18 އަށް އިތުރުވެފައެވެ.

އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 10 ދުވަސް ކުރިންޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް ޚަބަރު | 18 ދުވަސް ކުރިންޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިޚަބަރު | 21 ދުވަސް ކުރިންއެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑުޚަބަރު | މަހެއް ކުރިން