logo
Bank of Maldives

Bank of Maldives

ޚަބަރު

ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް

ޒިދާން މުޙައްމަދު
20 ފެބްރުއަރީ 2026 - 08:51
ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ  ޝަރީފް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުވެގެން ދިއުމަކީ ވީއައިއޭ އިން ދޭ ހިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވި އާ ބޮޅެއް ކަމަށް ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަން, ޓަރމިނަލް 2 އަށް ރަސްމީކޮށް ބަދަލުކުރުމަށް މިދިޔަ އަންގާރަ ދުވަހުގެ ރޭ ވީއައިއޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ ވީއައިއޭގެ ޑޮމެސްޓިކް ޓަރމިނަލްގެ އޮޕަރޭޝަން, ޓާމިނަލް 2 އަށް ބަދަލުކޮށް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ ޑޮމެސްޓިކް އޮޕަރޭޝަންގެ މުޅިން އާ ބާބެއްގެ ފެށުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

b7fae0bc-4d37-469b-82c9-2a5e4d18e76d.jpg

 

އަދި އެމްއޭސީއެލްގެ ކޮންމެ މަސައްކަތެއް, ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ގާތުން ބައްލަވައި ކަންކަމުގައި އިރުޝާދާއި ލަފާފުޅު ދެއްވާ ކަމަށް ވިދާޅުވެ އެކަމަށްޓަކައި އެމްޑީ ވަނީ ރައީސްއަށް ޝުކުރު ދަންނަވައިފައެވެ.

ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފު މުޙައްމަދު ވިދާޅުވީ, ވީއައިއޭގެ އިންޓަރނޭޝަނަލް ފަސިންޖަރުންނެކޭ އެއްވަރަށް ޑޮމެސްޓިކް ފަސިންޖަރުންގެ އަދަދު ވެސް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ޕީކް ސީޒަންތަކުގައި ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ވަރަށް ބޮޑަށް ތޮއްޖެހިގެންދާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްއޭސީއެލްއިން ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިންވީއައިއޭގެ 60 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިޚަބަރު | މަހެއް ކުރިންތަފާތު އެކި ހަރަކާތްތަކާއެކު "އީދު ހަވީރު 1447" ގައި އެމްއޭސީއެލް ޚަބަރު | 2 މަސް ކުރިންރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓުގެ ޢަދަދު އިތުރުވަނީޚަބަރު | 2 މަސް ކުރިން