logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

މުޙައްމަދު އަފްރާޙް
28 ފެބްރުއަރީ 2026 - 15:32
ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް އެމްއޭސީއެލް އިން ނެރެފިއެވެ.

އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން މެދުއިރުމަތީގެ ސަރަހައްދުތަކުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފައިވާތީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގާ އެމްއޭސީއެލުން ނެރުނު ޓްރެވެލް އެޑްވައިޒަރީގައި މެދުއިރުމަތީގެ ގައުމުތަކަށް ދަތުރުކުރާ މީހުން ސަމާލުވާން ވަނީ އަންގާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެއާޕޯޓަށް ދިއުމުގެ ކުރިން އެ ފަސިންޖަރަކު ފުރުމަށް ހަމަޖެހިފައިވާ ފްލައިޓުގެ މައުލޫމާތު އެއާލައިންގެ ވެބްސައިޓާއި ޓުއާއޮޕަރޭޓަރުން މެދުވެރިކޮށް ހޯދުމަށް އެމްއޭސީއެލުން ވަނީ އަންގާފައެވެ.

އަދި އެ އެެޑްވައިޒަރީގައި ސަމާލުކަން ދޭން އެންގި ކަންކަމުގެ ތެރޭގައި ދަތުރުކުރާ އެއާލައިންގެ ވެބްސައިޓް ނުވަތަ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ދަތުރު އަދި ފްލައިޓްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދުމާއެކު އެ ފަރާތްތަކުން ފޯރުކޮށްދޭ އިރުޝާދަށް ތަބާވުމާއި ދުރާލާ ދަތުރުގެ ކަންކަން ރޭވުން ހިމެނެއެވެ.

އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް މިއަދު ހަމަލާދޭން ފެށުމާ އެކު މެދުއިރުމަތީ ވައިގެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދުން ރާއްޖެ އަށް އަންނަ ހުރިހާ ފްލައިޓެއް ވެސް ވަނީ ކެންސަލްވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލްޚަބަރު | 3 ދުވަސް ކުރިންވީއައިއޭގެ އިންކްލޫސިވް ޚިދުމަތުގެ ދަތުރުގައި މިއީ ހާސިލްކުރެވުނު މުހިންމު ލަނޑުދަނޑިއެއް: އެމްއޭސީއެލް އެމްޑީވިޔަފާރި | 16 ދުވަސް ކުރިންޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' އެއް ވިޔަފާރި | 17 ދުވަސް ކުރިންހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | 21 ދުވަސް ކުރިން