logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!

އައިޝަތު ނަޝާ
3 ޖޫން 2026 - 09:56
ހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!

ޙައްޖުގެ އަޅުކަމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ދަތުރުވެރިން ސަމާލުވުމަށް އެމްއޭސީއެލްއިން އެދިއްޖެއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ސޯޝަލް މީޑިއާގައި ކުރިި ޕޯސްޓެއްގައި ވަނީ، މިއަހަރުގެ ޙައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަސްތަކުގައި ގިނަ އަދަދެއްގެ ދަތުރުވެރިންނާއި ޙައްޖާޖީން އަދި ޙައްޖާޖީން ބަލައި ގިނަ ބަޔަކު އެއާޕޯޓަށް އަންނާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެކި ތަންތަނަށް ދަތުރުކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދިނުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

އެމްއޭސީއެލްއިން ބުނީ، މިކަމުގެ ސަބަބުން އެ އައާޕޯޓުގެ ޕާކިންގެ އިތުރުން އެއާޕޯޓުގެ ޓްރެފިކަށްވެސް އެ ދުވަސްތަކުގައި ބަރަށް ބާރުބޮޑުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އެހެންކަމުން އެ ދުވަސްތަކުގައި އެއާޕޯޓަށް ވަޑައިގަންނަވާ ފަރާތްތަކުން ފެރީ ނުވަތަ އެއަރޕޯޓުގެ ބަސް ބޭނުންކުރެއްވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށްފަހު ޙައްޖާޖީން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5،7،8، އަދި 9ވަނަ ދުވަހުއެވެ.

ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސައުދިއާ އެއަރލައިންސްގެ 2 ފްލައިޓާއި މޯލްޑިވިއަންގެ 2 ފްލައިޓެއްގައެވެ. އެގޮތުން ފުރަތަމަ ފްލައިޓުގައި މިމަހުގެ 5 ވަނަ ދުވަހު ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެ އަންނާނީ ސައުދިއާ އެއަރލައިންގެ ފްލައިޓެކެވެ. އެ ފްލައިޓް ވެލާނާ އިންޓަރނޭޝާނަލް އެއަރޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ގަޑިން 14:00 ގައެވެ.

މިމަހުގެ 7 ވަނަ ދުވަހު ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. މި ދުވަހު ހައްޖުވެރިން ރާއްޖެ އަންނާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.

ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ ސައުދިއަރ އެއަރލައިންގެ ފްލައިޓެއް ކަމަށް ދިވެހި ހައްޖު މިޝަނުން ވިދާޅުވިއެވެ.

ފަހު ފްލައިޓު މިމަހުގެ 9ވަނަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު ކަމަށް ދިވެހި ހައްޖު މިޝަންއިން ވިދާޅުވެއެވެ. ދިވެހި ހައްޖާޖީން ދަތުރުކުރާ ފަހު ފްލައިޓަކީ މޯލްޑިވިއަންގެ ފްލައިޓެކެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބެނީ، 1000 ކޯޓާއެވެ. މިކޯޓާގެ ދަށުން ޙައްޖަށް ދިޔުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ކިޔު ތަރުތީބުން ފޮނުވުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ.

.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައްޖާޖީން ރާއްޖެ އައުމާ ދިމާކޮށް އެއާޕޯޓުގެ ބާރު ބޮޑުވާނެތީ ސަމާލުވުމަށް އެދިއްޖެ!ޚަބަރު | 2 ގަޑިއިރު ކުރިން"ޢީދު ހަވީރު 1447" ގައި އެމްއޭސީއެލް އިން ބައިވެރިވާނެޚަބަރު | 9 ދުވަސް ކުރިންޢީދު ބަންދަށް ފުރާ މީހުން ވަގުތަށް އެއާޕޯޓަށް ދިއުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފިޚަބަރު | 12 ދުވަސް ކުރިން ޙައްޖާޖީން ފުރުވާލުމުގެ މަސައްކަތް އެމްއޭސީއެލްއިން ކާމިޔާބުކަމާއެކު ފުރިހަމަކޮށްފިޚަބަރު | 15 ދުވަސް ކުރިން