logo
MPL

MPL

ޚަބަރު

އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލް

އައިޝަތު ނަޝާ
20 ޖޫން 2026 - 15:10
 އެއާޕޯޓުގެ ހިދުމަތްތައް  ތަރައްގީކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން: އެމްއޭސީއެލް

އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފަސިންޖަރުންނަށް ފޯރުކޮށްދޭ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތްކުރާނަން ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

ރާއްޖޭގެ މައި ދޮރާށީގެ ގޮތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަދާކުރާ ދައުރު އެމްއޭސީއެލް އިން ވަނީ ފާހަގަކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދު ރާއްޖެ ޒިޔާރަތް ކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

WhatsApp Image 2026-06-20 at 7.59.58 PM.jpeg

 

މި ހަފްލާގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، އޮނަރަބަލް މުޙައްމަދު އަމީން، އެމް.އޭ.ސީ.އެލްގެ ޗީފް ކޮމާޝަލް އޮފިސަރ މުޙައްމަދު މިހާދު، މޯލްޑިވްސްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ، ވިޒިޓް މޯލްޑިވްސްގެ ބޯޑު މެންބަރުން، ފަތުރުވެރިކަމުގެ ދާއިރާގެ ހިއްސާދާރުން އަދި އެއަރލައިން ޕާޓްނަރުން ބައިވެރިވިއެވެ.

މި ހާއްސަ މުނާސަބަތުގައި އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އާއި ދާއިރާގެ ބައިވެރިންގެ ފަރާތުން ހަނދާނީ ހަދިޔާތަކެއް ވަނީ ދެއްވާފައެވެ.މިއީ ދިވެހިންގެ މެހެމާންދާރީގެ ފުރިހަމަކަމާއި، ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމާ ދެމެދު އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަގުވާމީ އެއާލައިންތައް އިތުރުކުރުމަށް އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.އަދި އެ ކުންފުނީގެ މައިގަނޑު އަމާޒަކީ، ފަސިންޖަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ މަތީ ފެންވަރުގައި ދެމެހެއްޓުމާއެކު، ބައިނަލްއަގުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ ވައިގެ އުދުހުންތަކުގެ ދާއިރާ ކުރިއެރުވުން ކަމަށެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 14 ދުވަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 14 ދުވަސް ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | މަހެއް ކުރިން