logo
MPL

MPL

ޚަބަރު

ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފި

އަޙުމަދު ރިޝާން
28 ޖުލައި 2026 - 12:55
ކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް، ވިއައިއޭގެ ސީޓުއެއާ ކާގޯ ހިދުމަތް އިތުރަށް ފުޅާކޮށް ކެމްބޯޑިއާ އިން ކަނޑުމަގުން ގެންނަ މުދާ ވައިގެ މަގުން އެހެން މަންޒިލްތަކަށް ފޮނުވައި ދިނުމުގެ ހިދުމަތް ފަށާފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.

ސީޓުއެއާ ކާގޯގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއާ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް ގުޅިގެންނެވެ. މި ހިދުމަތް ފަށާފައި ވަނީ 2024 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

View post on Twitter

 

ކެމްބޯޑިއާއިން މިގޮތަށް މުދާ ގެންނަން ފެށުމުން އެމްއޭސީއެލްގެ މިހިދުމަތް މިހާރު ހަތަރު ގައުމަކަށް ވަނީ ފުޅާވެފަ އެވެ. އެއީ އަވަށްޓެރި އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އިތުރުން ކެންބޯޑިއާ އެވެ. އެގޮތުން ކެމްބޯޑިއާ އިން ރާއްޖެ ގެނައި ފުރަތަމަ ޝިޕްމެންޓް ވައިގެ މަގުން ގަތަރު އެއާވޭސް މެދުވެރިކޮށް ވަނީ ފޮނުވާލާފަ އެވެ. މިގޮތަށް ކެމްބޯޑިއާ އިން ގެންނަ މުދާ ފޮނުވާލަނީ ސީއީއެފް ލޮޖިސްޓިކްސް މެދުވެރިކޮށެވެ.

އެމްއޭސީއެލް އިން ބުނީ ކެމްބޯޑިއާއިން ރާއްޖެއަށް އަދި ރާއްޖެއިން ޔޫރަޕްގެ މަންޒިލްތަކަށް ވައިގެ މަގުން މުދާ އުފުލުމަކީ އޭޝިއާ އާއި ޔޫރަޕްގެ ގައުމުތަކާއި ގުޅުވާލުމަށް ރާއްޖެއިން އަދާކުރާ ދައުރަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުން މިދިޔަ މަހު، ސީޓުއެއާ ކާގޯ ހިދުމަތް މެދުވެރިކޮށް، 335 ޓަނުގެ މުދާ ރާއްޖެއިން ބޭރަށް ފޮނުވާފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ މިއީ ވަރަށް ގިނަ ގައުމުތަކުން ދެމުން އަންނަ ހިދުމަތެއް ކަމަށާއި ރާއްޖެއަކީ ބައިނަލްއަގްވާމީ ގިނަ އެއާލައިންތަކެއްގެ މަންޒިލަކަށްވާއިރު، ރާއްޖޭގައި މިހިދުމަތް ފުޅާކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.


Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 16 ދުވަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 3 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 3 މަސް ކުރިން