logo
MPL

MPL

ޚަބަރު

އެއާ ކާގޯ ޗައިނާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ

އަޙުމަދު ރިޝާން
21 ޖުލައި 2026 - 14:25
އެއާ ކާގޯ ޗައިނާގައި އެމްއޭސީއެލުން ބައިވެރިވެއްޖެ

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއަޕޯޓްސްއިން ކޮމްޕެނީ (އެމްއޭސީއެލް) އިން ބައިވެރިވެއްޖެ އެވެ.

އެމްއޭސީއެލް އިން ވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް މި މައުރަޒުގައި ހިއްސާ ކޮށްފަ އެވެ. މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށްވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއޭސީއެލްއިން ބުނީ މިފެއަރގެ ހަވާސާގައި ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި އޭޝިއާގެ މާކެޓުތަކާ އޮތް ގުޅުން ވަރުގަދަ ކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓުތައް އިތުރު ކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ، މިހާރު ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. މިއީ، އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަޤާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކުގެ އިތުރުން ތައާރަފްކޮށްފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ވަގުތީ ގޮތުން ވީއައިއޭގެ ޓާމިނަލް 2 އަށް ބަދަލުކުރަނީވިޔަފާރި | 15 ދުވަސް ކުރިންއިިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްގެ މަސައްކަތްތައް ދައްކާލައިފިވިޔަފާރި | 2 މަސް ކުރިންއޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 3 މަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 3 މަސް ކުރިން