logo
Bank of Maldives

Bank of Maldives

ޚަބަރު

ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

އިސްމާޢިލް ރާތިޢު
17 ފެބްރުއަރީ 2026 - 09:49
ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޑޮމެސްޓިކް އޮޕަރޭޝަންތައް، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް ބަދަލުކުރުމާގުޅިގެން، އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލުގެންނަން ނިންމާފައިވާކަމަށް، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

އެމްއޭސީއެލުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، 17 ފެބްރުވަރީ 2026 އިން ފެށިގެން ގެންނަން ނިންމާފައިވާ މި ބަދަލުތަކާއެކު، ޑޮމެސްޓިކް ޓަރމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ އުޅަނދުތައް މަޑުކުރުމަށް ހަމަޖެހިފައިވަނީ ކުރީގެ އިންޓަރނޭޗަނަލް ޓަރމިނަލް (ޓަރމިނަލް 2) ކުރިމައްޗަށް ކަމަށެވެ. މި ބަދަލާއެކު ކުރީގެ ޑޮމެސްޓިކް ޓަރމިނަލް ކައިރިއަށް އުޅަނދުތައް މަޑުކުރުމާއި ފަސިންޖަރުން ބޭލުމަކީ މަނާކަމެއް ކަމަށް އެމްއޭސީއެލުން ބުނެފައި ވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޑޮމެސްޓިކް ޓަރމިނަލުން އަންނަ ފަސިންޖަރުން ޓެކްސީ ހޯދުމަށް ބޭނުންކުރާނީ ޓަރމިނަލް 1 ގެ ޓެކްސީ ކިއު ކަމަށްވެސް އެމްއޭސީއެލުން ބުނެފައި ވެއެވެ. އަދި، މި ބަދަލުތަކާއެކު އެއަރޕޯޓުގެ ބަސް ރޫޓުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެމްއޭސީއެލުން ބުނެފައި ވެއެވެ.

ވީއައިއޭގެ އައު ޓަރމިނަލްގެ މަސައްކަތް ނިންމާ މިދިޔަ އަހަރުގެ ޖުލައި މަހުގެ 26 ގައި ހުޅުވުމާއެކު، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގެ ހުރިހާ ޚިދުމަތެއް އައު ޓަރމިނަލްއަށް ވަނީ ބަދަލުކޮށްފައެވެ.

ރާއްޖޭގައި ޑޮމެސްޓިކް ވައިގެ ދަތުރުތައް ކުރަނީ ތިން އެއާލައިނަކުންނެވެ. އެއީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި މަންޓާގެ އިތުރުން ވިލާ އެއަރ އިންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިޚަބަރު | 3 ގަޑިއިރު ކުރިންއެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑުޚަބަރު | 9 ދުވަސް ކުރިންދިގު އިންތިޒާރެއް ނިމުމުގެ ކޮޅުމަތި: ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބޮޑު އިންސައްތައެއް ހިއްކާ ނިމިއްޖެޚަބަރު | މަހެއް ކުރިންއެމްއޭސީއެލްއިން ޓެކްނޮލޮޖީގެ ކަންކަމަށް ހައްލު ފޯރުކޮށްދޭނެ ބަޔަކު ހޯދަނީޚަބަރު | މަހެއް ކުރިން