logo
MPL

MPL

ޚަބަރު

އެމްއޭސީއެލްއިން އެދެނީ "ވޯލްޑްސް ލީޑިން އެއަރޕޯޓް" ގެ ލަޤަބް ހާސިލްކުރުމަށް އެންމެން ވޯޓު ދިނުމަށް

އައިޝަތު ނަޝާއައިޝަތު ނަޝާ
19 އޮކްޓޯބަރު 2026 - 09:55
އެމްއޭސީއެލްއިން އެދެނީ "ވޯލްޑްސް ލީޑިން އެއަރޕޯޓް" ގެ ލަޤަބް ހާސިލްކުރުމަށް އެންމެން  ވޯޓު ދިނުމަށް

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި "ވޯލްޑް ޓްރެވަލް އެވޯޑްސް 2026" ގެ ދެ ބަޔަކުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް(ވީ.އައި.އޭ) ނޮމިނޭޓްވެފައި ވާއިރު، މި ދެ ކެޓަގަރީއިން އެވޯޑް ހާސިލް ކުރުމަށްޓަކާ ވީހާ ވެސް ގިނަ ބޭފުޅުން ވޯޓު ދެއްވުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމޓެޑް (އެމްއޭސީއެލް ) އިން އެދިއްޖެއެވެ.

މެންދުރު ޓީވީގެ މޯނިންގ ޝޯގައި އެމްއޭސީއެލްގެ ފަރާތުން ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް ބިއުރޯ އައިޝަތު ރިޝްފާ ބައިވެރިވެ ވަނީ އެމްއޭސީއެލް އިން މި އެވޯޑު ހާސިލް ކުރުމަށްޓަކާ ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާ ކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Screenshot 2026-10-19 160050.png

 

އެގޮތުން ރިޝްފާ ވިދާޅުވީ، "ވޯލްޑްސް ލީޑިން އެއަރޕޯޓް" މި ކެޓަގަރީ އިން ވީއައޭ އާއެކު ވާދަކުރަނީ ދުނިޔޭގެ ބޮޑެތި 21 އެއަރޕޯޓެއް ކަމަށާއި، އެހެންކަމަުން މި އެވޯޑު ހާސިލްކުރުމަށްޓަކާ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖޭކަމަށެވެ. އަދި ވީއައޭ އޮޕަރޭޓް ކުރާ ކުންފުނީގެ ހައިސިއްޔަތުން އެމްއޭސީއެލްއިން މިހާރު ކުރަމުންދާ މަސައްކަތަކީ، ވީއައޭއިން ހިދުމަތް ހޯދާފައިވާ ފަރާތްތަކާ އަދި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ އަދި ދިވެހި ހުރިހާ ރައްޔިތުނަށް އެކި ޒަރިއްޔާތައް މެދުވެރިކޮށް މިކަމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

" ވާހަކައަކީ އެބޭފުޅުން ހަމަ ވެބްސައިޓަށް ވަދެ ދެއްވާ ކޮންމެ ވޯޓަކީ އަޅުގަނޑުމެންނަށް މި އެވޯޑް ހާސިލްކުރުމަށް ލިބިގެންދާނެ ހަމަ ރަނުގެ ފުރުސަތެއް.އެހެންވީމަ ހުރިހާ ބޭފުޅުންނަށް ވެސް މި މެސެޖް ރައްދު ކޮށްދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ" ރިޝްފާ
 

ވޯޓިން ކުރިއަށް ދާނީ މިމަހުގެ 30 ގެ ނިޔަލަށްކަން ފާހަގަކުރައްވާ ރިޝްފާ ވިދާޅުވީ، ވޯޓުލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން ވެބްސަޓުގައިވާ 2 ކެޓަގަރީއަށް ދީފައިވާ ކޮންމެ ވޯޓެއްވެސް ހަމަ ބަލައިގަންނާނެ ކަމަށެވެ. އަދި އެވޯޑް ހާސިލް ކުރާނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތަކުން ކަން ރިޝްފާ ފާހަގަ ކުރެއްވިއެވެ.

ވާހަކަ ނިންމާލަމުން ރިޝްފާ ވިދާޅުވީ،މި އެވޯޑަށް ނޮމިނޭޓް ވުމަކީ އަދި ބޮޑެތި އެއަރޕޯޓް ތަކާއެކު އެއް ގިންތިއެއްގައި ވާދަކުރުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވެސް ލިބިގެން ދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި "ވޯލްޑްސް ލީޑިން އެއަރޕޯޓް"މި ލަޤަބު ލިބުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާނެ ވަރަށް ރީތި ނަމެއް ކަމަށާއި، އެހެންކަމުން މި ރީތިނަން ހޯދުމަށް ދިވެހި ރައްޔިތުންގެ ވޯޓު ބޭނުންވާ ކަމަށް ރިޝްފާ ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްއިން އެދެނީ "ވޯލްޑްސް ލީޑިން އެއަރޕޯޓް" ގެ ލަޤަބް ހާސިލްކުރުމަށް އެންމެން ވޯޓު ދިނުމަށްޚަބަރު | 4 ގަޑިއިރު ކުރިންކިޔަވާ ކުދިންނަށް އަމަލީ ތަޖުރިބާ ދިނުމަށް އެމްސީއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަނީވިޔަފާރި | 2 މަސް ކުރިންފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީވިޔަފާރި | 2 މަސް ކުރިންވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފިޚަބަރު | 2 މަސް ކުރިން