logo
MPL

MPL

ޚަބަރު

ވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފި

އައިޝަތު އިނާޝާ
7 އޯގަސްޓު 2026 - 15:13
ވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި ޕާޝަލް އިމަޖެންސީ އެކްސަސައިޒެއް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނިގޮތުގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ބޭއްވި މި ހަރަކާތުގެ މަގުސަދަކީ ވީއައިއޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގައި ކަމާގުޅޭ އޭޖެންސީތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހަރަކާތުގައި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި އެހީތެރިވުމަށް ބިއޯންޑް އެއާލައިން ބައިވެރިވި އިރު, އެއާޕޯޓުގެ އޮޕަރޭޝަންތަކާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް ނާރައި މި ހަރަކާތް ނިންމާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ވީއައިއޭގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރުކުރުމަށާއި އެއަރޕޯޓުގައި ދިމާވެދާނެ އެކިކަހަލަ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދަނީ ތަފާތު ހަރަކާތްތައް ބާއްވަމުން: އެމްއޭސީއެލް

f3b1cd54-57c7-4764-a65c-aaa67ff61d5c.jpg

އެއާޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް (އެފެކްސް) އަކީ ވީއައިއޭގައި ގަވާއިދުން ބާއްވާ, ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބާއްވާ އެންމެ ބޮޑު ހަރަކާތް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި ހަރަކާތް އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްއިން އެދެނީ "ވޯލްޑްސް ލީޑިން އެއަރޕޯޓް" ގެ ލަޤަބް ހާސިލްކުރުމަށް އެންމެން ވޯޓު ދިނުމަށްޚަބަރު | 22 ދުވަސް ކުރިންކިޔަވާ ކުދިންނަށް އަމަލީ ތަޖުރިބާ ދިނުމަށް އެމްސީއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަނީވިޔަފާރި | 3 މަސް ކުރިންފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީވިޔަފާރި | 3 މަސް ކުރިންވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފިޚަބަރު | 3 މަސް ކުރިން