logo
MPL

MPL

ވިޔަފާރި

ފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީ

އައިޝަތު ނަޝާ
18 އޯގަސްޓު 2026 - 15:53
ފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީ

ރޫސީވިލާތުން ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކޮށް ހަރުދަނާ ކުރުމަށް އިސްކަންދީގެން، އޮގަސްޓް މަހުގެ 17 އިން 21 އަށް ރޫސީވިލާތުގެ ވެރިރަށް މޮސްކޯ އަދި ވިޔަފާރީގެ މަރުކަޒު ސެއިންޓް ޕީޓަރސްބާގަށް ކުރާ ދަތުރުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބައިވެރިވާން ނިންމާފައިވާ ކަން ހާމަކޮށްފިއެވެ.

މި ދަތުރުގައި ބައިވެރިވާ ޑެލިގޭޝަނުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، އެމްއޭސީއެލް، މޯލްޑިވިއަން، ރިސޯޓް ލައިފް ޓްރެވަލް، އިން ޓުއާ މޯލްޑިވްސް އަދި ފަތުރުވެރިކަމުގެ ދާއިރާގެ އަމިއްލަ އެހެނިހެން ކުންފުނިތަކުގެ މަންދޫބުން ހިމެނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޫސީވިލާތަކީ ދިވެހިރާއްޖެއަށް އެންމެ މުހިންމު އެއް ފަތުރުވެރިކަމުގެ މާކެޓެވެ. އަދި މި ދަތުރުގެ މައިގަނޑު ބޭނުމަކީ ރޫސީވިލާތުން ރާއްޖެއަށް އޮތް ބޮޑު ތަރުހީބުގެ މައްޗަށް ބިނާކޮށް، މާކެޓު އިތުރަށް ފުޅާކުރުމެވެ. މި ދަތުރުގެ ތެރޭގައި، މޮސްކޯ އަދި ސެއިންޓް ޕީޓަރސްބާގުގެ ސަރުކާރުގެ އިދާރާތަކާއި، އެއާލައިންތަކާއި، ޓުއާ އޮޕަރޭޓަރުންގެ އިތުރުން ޓްރެވަލް ޓްރޭޑް ބައިވެރިންނާ މަންދޫބުން ބައްދަލުކުރާނެ ކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.

އަދި މަޝްވަރާތައް އަމާޒުކުރެވޭނީ ރޫސީވިލާތުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރެވޭނެ ގޮތްތަކާއި، އެ މާކެޓުގައި ރާއްޖޭގެ ހަރަކާތްތެރިކަން ވަރުގަދަކުރުމަށާއި، ރާއްޖެ އިޝްތިހާރުކޮށް ވިއްކާ ބައިވެރިންނާއެކު ގާތުން މަސައްކަތްކުރެވޭނެ ގޮތްތަކުގެ މައްޗައް ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އަށް މިހާރު ދަތުރުކުރާ އެއާލައިންތަކާއި އަލަށް ގުޅެން ބޭނުންވާ އެއާލައިންތަކާއެކު ބައްދަލުވުންތައް ބާއްވައި، މިހާރު ދޭ ހިދުމަތްތަކުގެ ފްރީކުއެންސީއާއި ކެޕޭސިޓީ އިތުރުކުރުމަށާއި، އަހަރުގެ ހުރިހާ ދުވަސްވަރު ދަތުރުތައް މެދުކެނޑުމެއްނެތި ކުރެވޭނެ ގޮތްތަކާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަލަށް ސީދާ ދަތުރުތައް ފެށުމުގެ ފުރުސަތުތަކާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އަދި ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް ކުންފުނިތަކާއެކު ބާއްވާ ބައްދަލުވުންތަކުގެ ސަބަބުން، ތަރުހީބު އިތުރުވަމުންދާ ދާއިރާތައް ދެނެގަނެވި، ރާއްޖެ އިޝްތިހާރުކުރުމާއި ޓްރެވަލް ޕެކޭޖުތައް މެދުވެރިކޮށް އިތުރު އެއަރލައިން ކެޕޭސިޓީއަށް އެއްބާރުލުން ދެވޭނެ ގޮތްތައް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްއޭސީއެލްއިން އިތުރަށް ބުނީ، ރޫސީވިލާތަށް ކުރާ މި ދަތުރަކީ 2026 ވަނަ އަހަރުގެ ޖުލައި މަހު ރާއްޖޭގެ ޑެލިގޭޝަނަކުން ޗައިނާއަށް ކުރި ދަތުރެކޭ އެއްފަދައިން ބައިނަލްއަގުވާމީ މުހިންމު މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، އެ ތަރުހީބާ އެއްވަރަށް ވައިގެ މަގުން ގުޅުވާލުން ފުޅާކުރުމަށް ކުރެވެމުންދާ މުހިންމު މަސައްކަތްތަކުގެ ބައެއް ކަމަށެވެ.

އަދި އެމް.އޭ.ސީ.އެލްގެ އަމާޒަކީ އެއާލައިންތަކާއި ފަތުރުވެރިކަމުގެ ބައިވެރިންނާއެކު ސީދާ މަސައްކަތްކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދެވޭ ޚިދުމަތްތައް އިތުރުކުރުމާއި، މި މާކެޓުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ދަތުރުފަތުރުކުރުން ފަސޭހަކޮށްދިނުމެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީވިޔަފާރި | 3 ގަޑިއިރު ކުރިންވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފިޚަބަރު | 11 ދުވަސް ކުރިންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރު 36،000 ވުރެ ގިނަ ކާގޯ އުފުލާފައިވޭޚަބަރު | މަހެއް ކުރިންވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކުއްލި ނުރައްކަލަށްވާންޖެހޭ ތައްޔާރީތައް އިތުރަށް ހަރުދަނާ ކުރަނީޚަބަރު | 2 މަސް ކުރިން