logo
MPL

MPL

ވިޔަފާރި

ކިޔަވާ ކުދިންނަށް އަމަލީ ތަޖުރިބާ ދިނުމަށް އެމްސީއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަނީ

އައިޝަތު ނަޝާ
24 އޯގަސްޓު 2026 - 07:48
ކިޔަވާ ކުދިންނަށް އަމަލީ ތަޖުރިބާ ދިނުމަށް އެމްސީއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަނީ

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް (ވީ.އައި.އެޗް.އެސް) ގުޅިގެން، ކުދިންނަށް އަމަލީ ތަޖުރިބާ ހޯދައިދީ މަސައްކަތުގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަޤުޞަދުގައި އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި އެމް.އޭ.ސީ.އެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޢަލީ މުޞްޠަފާއެވެ. މި ރަސްމިއްޔާތުގައި އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަޠީފާއި، ސީނިއަރ ޖެނެރަލް މެނޭޖަރ ޢަލީ ޙުޒައިމްގެ އިތުރުން މިކުންފުނީގެ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޓީމުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފަހުމުނާމާގެ މައިގަނޑު މަޤުޞަދަކީ ކްލާސްރޫމުގައި ދަރިވަރުން އުނގެނޭ ޢިލްމީ މަޢުލޫމާތުތައް ޢަމަލީ މައިދާނުގައި ބޭނުންކުރާނެ ގޮތް ދަސްކޮށްދީ، ވަޒީފާގެ މާޙައުލަށް ދަރިވަރުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ދަށުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސް، އިންޖިނިއަރިންގ، އައިޓީ، ކަސްޓަމަރ ސަރވިސް، ލޮޖިސްޓިކްސް، ކޯޕަރޭޓް ސަރވިސަސް އަދި ސޭފްޓީ އެންޑް ސެކިއުރިޓީ ފަދަ މުހިންމު ދާއިރާތަކުން ޢަމަލީ ތަޖުރިބާ ހޯދުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިވެގެންދާނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި އެމް.ޑީ އިބްރާހީމް ޝަރީފް މުޙައްމަދު ވިދާޅުވީ، މިއީ ކުންފުނީގެ "އެމްޕަވަރ އެންޑް ޑިވެލޮޕް އަވަރ ޕީޕަލް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ ސަބަބުން ވައިގެ ދަތުރުފަތުރާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް އަގުހުރި ފުރުޞަތުތަކަކާއި ފައިދާތަކެއް ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

WhatsApp Image 2026-08-24 at 11.55.52 AM.jpeg

 

މި ޕްރޮގްރާމުގެ ސަބަބުން، މަސައްކަތުގެ މާޙައުލަށް ކޮންމެހެން ބޭނުންވާ މުހިންމު ހުނަރުތައް ކަމަށްވާ މުޢާމަލާތުކުރުމާއި، ގުޅިގެން މަސައްކަތްކުރުމުގެ އިތުރުން، ދިމާވާ މައްސަލަތައް ޙައްލުކުރުމުގެ ޤާބިލުކަން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައި، ކުރިމަގުގެ ވަޒީފާގެ ބާޒާރަށް އެ ދަރިވަރުންގެ ލޯހުޅުވިގެންދާނެއެވެ.

 

މީގެއިތުރުން، މި އެއްބަސްވުމުގެ ސަބަބުން ދެ މުއައްސަސާގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިވެ، ކެރިއަރާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމާއި، މެންޓަރޝިޕް ދިނުމުގެ އިތުރުން ޢަމަލީ މަސައްކަތުގެ މާޙައުލު ތަޖުރިބާކުރުމުގެ ގިނަ ފުރުޞަތުތަކަކަށް މަގުފަހިވެގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކިޔަވާ ކުދިންނަށް އަމަލީ ތަޖުރިބާ ދިނުމަށް އެމްސީއެލް އިން އިންޓާންޝިޕް ޕްރޮގްރާމެއް ހިންގަނީވިޔަފާރި | ގަޑިއިރެއް ކުރިންފަތުރުވެރިކަމުގެ ވިއުގަ ފުޅާކުރުމަށް ރޫސީވިލާތަށް ކުރާ ދަތުރުގައި އެމްއޭސީއެލްއިން ބައިވެރިވަނީވިޔަފާރި | 6 ދުވަސް ކުރިންވީއައިއޭގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް ބޭއްވި އިމަޖެންސީ އެކްސަސައިޒް ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިންވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މިއަހަރު 36،000 ވުރެ ގިނަ ކާގޯ އުފުލާފައިވޭޚަބަރު | މަހެއް ކުރިން