logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑު

މުޙައްމަދު އަފްރާޙް
8 ފެބްރުއަރީ 2026 - 10:49
އެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑު

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ވެލާނާ އެވޯޑްސް" ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތައާރަފުކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

މިއީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ދޭ އެވޯޑެކެވެ. އަދި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ.

 

މި އަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑެއް ދިނުމަށް ނިންމާފައި ވެއެވެ. އެގޮތުން ފަސެންޖަރ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސް ދިނުމަށް ވަނީ ނިންމާފައއެވެ. އަދި އަހަރުގެ އެއަރލައިން ފާހަގަކޮށް ހާއްސަ އެވޯޑެއް ދިނުމަށް ވެސް ހަމަޖައްސާފައި ވެއެވެ.

 

މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްއޭސީއެލްއިން ޖެޓް ފިއުލް ލީޓަރަކުން 24 ސެންޓް ހެޔޮކޮށްފިޚަބަރު | 9 ދުވަސް ކުރިންފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފިޚަބަރު | 9 ދުވަސް ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 16 ދުވަސް ކުރިންގާދިއްފުށީ ބިން ހިއްކުމުގެ މަޝްރޫޢު އެމްއޭސީއެލްއިން ނިންމާލައިފިޚަބަރު | 17 ދުވަސް ކުރިން