logo
Bank of Maldives

Bank of Maldives

ޚަބަރު

ފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފި

މުޙައްމަދު އަފްރާޙް
30 އޭޕްރީލު 2026 - 04:42
ފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން 2 މިލިޔަނަށްވުރެ ގިނަ ފަސިންޖަރުން ޚިދުމަތް ހޯދާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.


އެއާޕޯޓުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ހިނގާ 2026 ވަނަ އަހަރުގެ ފުރަތަމަ 3 މަސް ދުވަހު ޖުމްލަ 2.35 މިލިޔަން މީހުން ވަނީ ޚިދުމަތް ހޯދާފައެވެ. އެއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %4 ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ތެރޭގައި ބައިނަލްއަޤްވާމީ ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކާއި ޑޮމެސްޓިކް ދަތުރުތަކުގައި ޚިދުމަތް ހޯދި ފަރާތްތަކާއި ސީޕްލޭންގެ ޚިދުމަތް ހޯދި ފަރާތްތައް ހިމެނޭކަމަށް ތަފާސް ހިސާބުން ދައްކައެވެ. އަދި އެންމެ ގިނަ ބަޔަކު ހޯދާފައިވަނީ އިންޓަރނޭޝަނަލުން ކަމަށާއި ފުރާމީހުންނާއި ރާއްޖެ އަންނަ މީހުން ހިމެނޭ ގޮތަށް، 1.53 މިލިޔަން ފަސިންޖަރުން މިޚިދުމަތް ހޯދާފައިވާކަމަށް ވަނީ ދައްކާފައެވެ.

އެއާޕޯޓު މެދުވެރިކޮށް ޑޮމެސްޓިކް ދަތުރުތައް ކުރުމަށް ޚިދުމަތް ހޯދާފައިވަނީ 317،286 މީހުންނެވެ. ސީޕްލޭން ދަތުރުގެ ޚިދުމަތް ހޯދީ، 498،411 މީހުން ކަމަށް ވެލާނާ އެއާޕޯޓުގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ފުރަތަމަ ކުއާޓާގައި އެންމެ ގިނަ ބަޔަކު އެއްދުވަހެއްގައި ޚިދުމަތް ހޯދާފައިވަނީ 11 ޖަނަވަރީގައެވެ. އެދުވަހު ވީލް ބޭސް އޮޕަރޭޝަންތަކުގެ ޚިދުމަތް 28،360 މީހުން ބޭނުންކޮށްފައިވާއިރު، އެއް ދުވަހެއްގެ ތެރޭ އެންމެ ގިނަ މީހުން ސީޕްލޭންގެ ޚިދުމަތް ބޭނުންކުރީ ފެބްރުވަރީ 15 ވަނަ ދުވަހުގައެވެ. އެދުވަހު 9،351 މީހުން އެ ޚިދުމަތް ބޭނުންކޮށްފައިވެއެވެ.

މުޅި ކުއާޓާގައި ޖުމްލަ 72،128 އެއާޓްރެފިކް މޫވްމަންޓް އެއާޕޯޓުން ރެކޯޑްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު %5 ކުރިއެރުމެއް ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އެއާޓްރެފިކް މޫވްމެންޓްތަކުގެ ތަފްސީލަށް ބަލާއިރު ބައިނަލްއަޤްވާމީ ދަތުރުތަކަށް 9978 މޫވްމެންޓް ވަނީ ރެކޯޑްކޮށްފައެވެ. ސީޕްލޭން ދަތުރުތަކަށް 54،594 މޫވްމެންޓް ރެކޯޑް ކޮށްފައިވެއެވެ. އަދި ޑޮމެސްޓިކް ދަތުރުތަކަށް ރެކޯޑްކޮށްފައިވަނީ 7،556 މޫވްމަންޓެވެ.

މިކްއާޓަރގައި ހާސިލް ކުރެވުނު ކާމިޔާބީއެއް ގޮތުގައި ފާހަގަކޮށްފައިވަނީ ޗައިނާގެ ގްރޭޓަރ ބޭއި އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށުމެވެ.

ރާއްޖޭގެ މައި ދޮރާށި ކަމުގައި ބަލާ މިއެއާޕޯޓް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގަމުންދާއިރު އެއާޕޯޓުގެ އައު ޓާމިނަލާއެކު ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަ ލުއިތަކެއް ވަނީ ލިބިގެން ގޮސްފައެވެ. އަދި ޓާމިނަލް 1 ގޮތުގައި އައު ޓަމިނަލް ބޭނުންކުރަން ފެށުމާއެކު ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް މިހާރު ވަނީ ޓާމިނަލް 2 ގެ ގޮތުގައި ޑޮމެސްޓިކް އޮޕަރޭޝަންތަކަށް ޚާއްސަކޮށް ބޭނުން ކުރަން ފަށާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ކްއާޓަރގައި ވީއައިއޭ އިން ހިދުމަތްދިން އަދަދު 2 މިލިއަން ކަޑައްތުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 7 ދުވަސް ކުރިންވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި!ޚަބަރު | 8 ދުވަސް ކުރިންއެމްއޭސީއެލުން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސްޚަބަރު | 10 ދުވަސް ކުރިން