logo
Bank of Maldives

Bank of Maldives

ޚަބަރު

ހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

މަރިޔަމް މާޙީ
23 އޭޕްރީލު 2026 - 06:29
ހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ

ކުރިއަށް އޮތް ހޫނު މޫސުމުގައި ރާއްޖެއަށް އޮންނަ ޑިމާންޑް އިތުރުވުމާ ގުޅިގެން، ސްވިޒަލޭންޑުގެ މަޝްހޫރު އެއާލައިން، އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަން ނިންމައިފި އެވެ.

މި ނިންމުމާއެކު، މިހާރު ކުރިއަށްދާ ތާވަލު ދަތުރުތަކުގެ އިތުރުން، 2026 ވަނަ އަހަރުގެ ޖުލައި 4 އިން ސެޕްޓެމްބަރު 13 އާ ދެމެދު ކޮންމެ ހަފުތާއަކު އިތުރު ދެ ފްލައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މި ދަތުރުތައް ކުރުމަށް ތާވަލުކޮށްފައިވަނީ ކޮންމެ ހަފުތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު އެވެ. މިއީ ފަތުރުވެރިން ގިނަވާ ދުވަސްވަރު ސްވިޒަލޭންޑާއި ރާއްޖެއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބަދަލާއެކު، ހޫނު މޫސުމުގެ ތެރޭގައި އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ޖުމްލަ 21 އިތުރު ދަތުރު ކުރާނެ އެވެ. މިކަމުގެ ސަބަބުން ސްވިޒަލޭންޑާއި ޔޫރަޕްގެ އެކި ސަރަހައްދުތަކުން ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންނަށް ފްލައިޓް އިޚްތިޔާރު ކުރުމުގައި އިތުރު ފުރުސަތުތަކާއި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.

އޭޑަލްވައިސް އެއާ އަކީ ސްވިޒަލޭންޑުގެ ތިންވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އަދި މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ގިނަ ދުވަސްތަކެއް ވަންދެން އިތުބާރާއެކު ހަރަކާތްތެރިވަމުން އަންނަ އެއާލައިނެކެވެ. އެ އެއާލައިނުން ރާއްޖެއަށް އެންމެ ފުރަތަމަ ދަތުރުތައް ފަށާފައިވަނީ 4 ނޮވެމްބަރު 2000 ގައެވެ.

އޭޑަލްވައިސް އިން ރާއްޖެއަށް ދަތުރުކުރާތާ މިހާރު ދެ ދަހަޔަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، 2025 ވަނަ އަހަރު އެ އެއާލައިނުން ވަނީ ރާއްޖެއަށް ދަތުރުކުރާތާ 25 އަހަރު ފުރުނު ރިހި ޔޫބީލް ފާހަގަކޮށްފައެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އެ އެއާލައިނުން ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހޫނު މޫސުމުގައި ޑިމާންޑް ބޮޑުވާތީ އޭޑަލްވައިސް އެއާ އިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރު ކުރަނީ ޚަބަރު | 2 ގަޑިއިރު ކުރިންވީއައިއޭގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނެސްފި!ޚަބަރު | ދުވަހެއް ކުރިންއެމްއޭސީއެލުން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސްޚަބަރު | 3 ދުވަސް ކުރިންވޭމަންޑޫ ބިން ހިއްކުމުގެ މަޝްރޫޢު ނިންމާލައިފިޚަބަރު | 16 ދުވަސް ކުރިން