logo
Bank of Maldives

Bank of Maldives

ވިޔަފާރި

އައު ޓާމިނަލުން ވާޖިން އެޓްލާންޓިކް އަށް ހިދުމަތްދޭން ފަށައިފި

އައިމިނަތު މޫސާ
25 އޮކްޓޯބަރު 2025 - 12:19
އައު ޓާމިނަލުން ވާޖިން އެޓްލާންޓިކް އަށް ހިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ވާޖިން އެޓްލާންޓިކް އަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް އެކަކުން ވާޖިން އެޓްލާންޓިކްއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ތޯހާއެވެ. މި ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ އެއާޕޯޓް މެނޭޖަރު އާސިމް ޝައިހް އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަދުގެ ރަސްމިއްޔާތުގައި ވާޖިން އެޓްލާންޓިކްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 24 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ވާޖިން އެޓްލާންޓިކްގެ ފުރަތަމަ ފްލައިޓް VS384 އިން ރާއްޖެ އައި 258 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

ވާޖިން އެޓްލާންޓިކް އަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިނގިރޭސި ވިލާތުގެ ދެވަނަ އެއާލައިނެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފެށީ 23 އޮކްޓޫބަރު 2023 ގައެވެ. ޓާމިނަލް 1 އިން އިއްޔެ ވަނީ އިނގިރޭސި ވިލާތުގެ ގައުމީ އެއާލައިން, ބްރިޓިޝް އެއާވޭސް އަށްވެސް ހިދުމަތް ދޭން ފަށައިފައެވެ.

ވާޖިން އެޓްލާންޓިކް އާއެކު ޓާމިނަލް 1 އިން މިހާރު ދަނީ 14 އެއާލައިނަކަށް ހިދުމަތް ދެމުންނެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަސްމާލޭގެ ސައިޓް އޭގެ 17 އިންސައްތަ ބިން ހިއްކާ ނިމިއްޖެޚަބަރު | ދުވަހެއް ކުރިންފޭސް 3 ހިއްކުމުގެ މަސައްކަތް ދޮޅުމަސްތެރޭ ނިންމަނީޚަބަރު | 5 ދުވަސް ކުރިންއައު ޓާމިނަލުން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފިޚަބަރު | 8 ދުވަސް ކުރިންވީއައިއޭއާއި ގަން އެއާޕޯޓުގައި ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިންމާލައިފިޚަބަރު | 10 ދުވަސް ކުރިން