logo
Bank of Maldives

Bank of Maldives

ޚަބަރު

އައު ޓާމިނަލުން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފި

ޢައްފާން މުޙައްމަދު
11 ޑިސެމްބަރު 2025 - 06:11
އައު ޓާމިނަލުން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖަރ ޓާމިނަލް، ޓާމިނަލް 1 އިން ޗައިނާގެ އެންމެ ބޮޑު އެއް އެއާލައިން، ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފެށުން ފާހަގަކުރުމަށް ޓާމިނަލުގައި މިއަދު ވަނީ ޙާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ޗައިނާ އީސްޓާން އެއާލައިންސް އޮފީހުގެ ޖެނެރަލް މެނޭޖަރު، ލީ ޖިއާ އާއި ވިލާ ޓްރެވަލްސްގެ ސްޓޭޝަން މެނޭޖަރު މުޙައްމަދު ފަޔާޒް އާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާޙީމް ޝަރީފް މުޙައްމަދުގެ އިތުރުން އެ ކުންފުނީޣެ އިސްވެރިން އަދި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

WhatsApp Image 2025-12-11 at 08.18.44_faa2a9c8.jpg

 

ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސް އަށް ހިދުމަތް ދޭން ފެށުމުގެ ގޮތުން މިއަދު ވަނީ އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިނުން ފުރި 241 ފަސިންޖަރުންނަށް ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ޗައިނާ އީސްޓާން އެއާލައިންސްގެ ފުރަތަމަ ފްލައިޓް MU235 އިން ރާއްޖެ އައި 227 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

WhatsApp Image 2025-12-11 at 08.18.40_525f7e9e.jpg

 

ޗައިނާ ސަރުކާރުން ހިންގާ ޗައިނާ އީސްޓާން އެއާލައިންސް އަކީ ޗައިނާގެ އެންމެބޮޑު ތިން އެއާލައިންގެ ތެރޭގައި ހިމެނޭ އެއް އެއާލައިނެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ 2007 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހުއެވެ. މިއީ ޓާމިނަލް 1 އިން ޚިދުމަތްދޭން ފެށި ޗައިނާގެ ހަތަރުވަނަ އެއާލައިނެވެ.

ޗައިނާ އީސްޓާން އެއާލައިންސްއާއެކު އައު ޓާމިނަލުން ޚިދުމަތްދެމުން އަންނަ އެއާލައިންތަކުގެ އަދަދު މިހާރު ވަނީ 30 އަށް އިތުރުވެފައެވެ. އެމްއޭސީއެލްއިން ބުނީ އެ ކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފެންތީގެ ހިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައު ޓާމިނަލުން ޗައިނާ އީސްޓާން އެއާލައިންސްއަށް ޚިދުމަތްދޭން ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންވީއައިއޭއާއި ގަން އެއާޕޯޓުގައި ސިއްޙީ ޤާބިލްކަން އިތުރުކުރަން ހިންގި މަޝްރޫޢު ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިން"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްއޭސީއެލް އިން 250,000ރ. ހަދިޔާކޮށްފިޚަބަރު | 11 ދުވަސް ކުރިންއެމްއޭސީއެލްގެ ބޯޑަށް ޖަމީލު އައްޔަންކޮށްފިޚަބަރު | 18 ދުވަސް ކުރިން