logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއޭސީއެލްގެ ބޯޑަށް ޖަމީލު އައްޔަންކޮށްފި

އައިޝަތު ނަޝާ
23 ނޮވެމްބަރު 2025 - 11:59
އެމްއޭސީއެލްގެ ބޯޑަށް ޖަމީލު އައްޔަންކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ބޯޑަށް، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުސްމާން މިއަދު އައްޔަންކުރައްވައިފިއެވެ.

ޖަމީލަކީ ރާއްޖޭގެ ސިޔާސީ މައިދާނާއި، ކުންފުނިތަކުގެ މެނޭޖްމަންޓް ދާއިރާގައި ފުޅާ ތަޖުރިބާ ހުރި ބޭފުޅެކެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ގެމަނަފުށި ދާއިރާ ތަމްސީލުކުރެއްވި ދުވަސްވަރު، އޭނާ ވަނީ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ، އިގުތިސާދީ ކޮމެޓީ އަދި ގައުމީ ސަލާމަތު ކޮމެޓީފަދަ ގިނަ ކޮމިޓީތަކެއްގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަރުކާރު ކުންފުނިތަކާއި އަމިއްލަ ބޮޑެތި ކުންފުނިތަކުގައި މެނޭޖްމަންޓް ލެވެލްގައި ވެސް ޖަމީލް ވަނީ މަސައްކަތް ކުރައްވާފައެވެ. ޚާއްސަކޮށް، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ސީނިއާ މެނޭޖްމަންޓުގައި ފަސް އަހަރު ދުވަހު އޭނާ ވަނީ ހިދުމަތް ކުރައްވާފައެވެ.

އިގިރޭސިވިލާތުގެ ބެޑްފޯޑްޝިއާ ޔުނިވާސިޓީން ބިޒްނަސް އެޑްމިނިސްޓުރޭޝަނުން މާސްޓާސް ހާސިލުކުރައްވާފައިވާ ޖަމީލަކީ ،އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބާމިންހަމް އިން ބީއޭ (އޮނާސް) އިން ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް މެނޭޖްމަންޓް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލްގައިވާ ގޮތުން، އެމްއޭސީއެލްގެ ބޯޑު މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ އެ ކުންފުނީގެ ޗެއާޕާސަން އައިޝާ ނޫރައިން ޖަނާހު، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު، މުހައްމަދު ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދު، މުޖުތަބާ ލަތީފް އަދި އިބްރާހިމް މަހުދީއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 10 ދުވަސް ކުރިންޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް ޚަބަރު | 18 ދުވަސް ކުރިންޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިޚަބަރު | 21 ދުވަސް ކުރިންއެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑުޚަބަރު | މަހެއް ކުރިން