logo
Bank of Maldives

Bank of Maldives

ޚަބަރު

"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްއޭސީއެލް އިން 250,000ރ. ހަދިޔާކޮށްފި

އައިޝަތު ނަޝާ
30 ނޮވެމްބަރު 2025 - 16:47
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް އެމްއޭސީއެލް އިން 250,000ރ. ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕީއެސްއެމްއިން އިސްނަގައިގެން ރާއްޖޭގެ މީޑިޔާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯންއަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން 250،000 ރުފިޔާ ހަދިޔާކޮށްފިއެވެ. 

މިހާރު ކުރިއަށްދާ ޓެލެތޯންގެ ތެރެއިން، އެމްއޭސީއެލްއިން ހަދިޔާކުރި މި ފައިސާ ޕީއެސްއެމްއާ ހަވާލުކޮށްދިނީ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

G7ALGtRakAAs3fy.jpeg

 

16 ގަޑިއިރަށް ކުރިއަށްގެންދާ މި ޓެލެތޯންގައި ސަރުކާރުގެ އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ކުންފުނިތަކުންވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.ރާއްޖޭގެ ކުންފުނިތަކުގައި ލަންކާއަށް ނިސްބަތްވާ މުވައްޒަފުންވެސް މަސައްކަތްކުރެއެވެ. އެހެންވެ އެ ކުންފުނިތަކުން މި ޓެލެތޯނުގައި ބައިވެރިވެ އެކުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ލަންކާގެ މި ހިތާމަވެރި ވަގުތުގައި ބައިވެރިވުމުގެ ގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ސިލޯނާއެކު ދިވެހީން ޓެލެތޯނަކީ ޕީއެސްއެމުން އިސް ނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯނެކެވެ. މި ޓެލެތޯނަށް އެކި ފަރާތްތަކުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

ބީއެމްއެލްއިން މި ޓެލެތޯންއަށް ޚާއްސަކޮށްފައިވާ ދިވެހި ރުފިޔާ އެކައުންޓަށް މިރޭ 7:30އާ ހަމައަށް 2.3 މިލިޔަނަށްވުރެ ގިނަ ރުފިޔާ ވަނީ ލިބިފައެވެ. އަދި ޑޮލަރު އެކައުންޓަށް ވަނީ 38 ހާހަށްވުރެ ގިނަ ޑޮލަރު ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖޭން މެދުއިރުމައްޗަށް ދަތުރުކުރާ ފަރާތްތަކަށް ޓްރެވަލް އެޑްވައިޒަރީއެއް ނެރެފިޚަބަރު | 10 ދުވަސް ކުރިންޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް ޚަބަރު | 18 ދުވަސް ކުރިންޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމާ ގުޅިގެން އެއަރޕޯޓުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފިޚަބަރު | 21 ދުވަސް ކުރިންއެމްއޭސީއެލްގެ ވެލާނާ އެވޯޑްސް: އޭވިއޭޝަން ދާއިރާ އަށް ހާއްސަކޮށް ފުރަތަމަ އެވޯޑުޚަބަރު | މަހެއް ކުރިން